ސުންނަތުގެ އަލީގައި މުސްލިމެއްގެ ޖަނާޒާ ކުރިޔަށް ގެންދާނެ
ގޮތް
މުސްލިމެއް
ނިޔާވެއްޖެނަމަ ކަންތައް ކުރަންވާގޮތް :
1- މައްޔިތާގެ
ލޯ މަރައިލުން.
2- އަދި ބަނޑު މަތީ ކޮންމެވެސް ބަރެއްފަދަ އެއްޗެއްބޭއްވުން.
3- މުޅިހަށިގަނޑު
ނިވާ ކޮށްލުން.
4- ކަށުނަމާދު
ކުރުމާއި، ވަޅުލުން އަވަސް ކުރުން .
5- އަދި
ނޔާވި ތަނެއްގަ ވަޅުލުން .
މައްޔިތާ ހިނަވައި އަދި ވަޅުލުމަކީ ކިފާޔަތުގެ
ފަރުޟެކެވެ. އަދި މައްޔިތާ ހިނެވުމުގައި އިސްނަގާނީ އެކަމަށް ވަސިއްޔަތް ކުރި މީހެކެވެ. ވަސިއްޔަތް ކުރިމީހާ ފިޔަވައި ދެންބައްޕަ
އެވެ. އަދި މިގޮތަށް މައްޔިތާ އާއި އެންމެ ގާތް މީހެކެވެ.
-
ފިރިމީހާ އަނބިމީހާ ހިނެވުން : މާތް ރަސޫލާ ސައްލަﷲ ޢަލައިހި
ވަސައްލަމަ އަރިހުން އައިޝަތުގެ ފާނު އެކަލޭގެ ފާނަށްވުރެ ކުރިން އަވަހާރަ
ވެއްޖެނަމަ އެކަލޭގެ ފާނު އައިޝަތުގެ ފާނު ހިނަވާނެ ކަމަށް އިޝާރާތް ކުރެއްވިއެވެ.
-
އަނބިމީހާ ފިރިމީހާ ހިނެވުން : އަބޫބަކުރު ރަޟިޔަﷲ އަންހު އެކަލޭގެ
ފާނުގެ އަނބިކަނބަލުންނަށް އެކަލޭގެ ފާނު
ހިނެވުމަށް ވަސިއްޔަތް ކުރެއްވިއެވެ.
-
7 އަހަރުން ދަށުގެ އަންހެން ކުދިންނާއި
ފިރިހެން ކުދިން ހިނެވުގައި އަންހެނަކަށް ވިޔަސް އަދި ފިރިހެނެކަށް ވިޔަސް
އުޅެވިދާނެއެވެ.
-
ހަމަ އެކަނި އަންހެނުން ތިބި ތަނެއްގައި
ހުރި ފިރިހެނަކު މަރުވެއްޖެނަމަ ، އަދި ފިރިހެނުން ތިބި ތަނެއްގައި ހުރި އަންހެނަކު މަރުވެއްޖެ ނަމަ ހިނެވުމެއްނެތެވެ. އޮތީ ތަޔައްމަމު ކުރުމެވެ.
ހިނަވާނީ ކިހިނެއް ؟
1- މައްޔިތާގެ
ބޯ އިށީންނައިރު އިންނަވަރަށް އުފުލާލުމަށްފަހު ބަނޑުގައި އަތް ހާކާ ލާނީއެވެ.
މިހެން
ހަދަނީ ބަނޑުސާފުކުރުމަށެވެ. އަދި މަތިން ސާފުވާވަރަށް ފެންއަޅާލާނީއެވެ. އެއަށް
ފަހު މައްޔިތާގެ ދެދޮރު ދޮވެ ސާފުކުރާނީއެވެ. މިގޮތަށްސާފު ކުރާއިރު މައްޔިތާގެ
އައުރައަށް ބެލުމެއް ނެތެވެ. ނަމަވެސް 7 އަހަރު ނުވާ
ކުޑަކުއްޖެއްނަމަ ބެލިދާނެއެވެ.
2- ނަމާދަށް
މީހަކު ވުޟޫ ކުރާ ގޮތަށް ވުޟޫއު ކުރުވުން : މިގޮތައް ވުޟޫ ކުރާއިރު ނޭފަތާއި އަނގަޔަށް ފެންލުމެއްނެތެވެ.
ނަބިއްޔާ صلى الله عليه وسلم އެކަލޭގެ ފާނުގެ ދަރިކަނބަލުންގެ ހިނެވުމުގައި އުޅުއްވި
އަންހެން ބޭކަނބަލުންނަށް ހަދީޘް
ކުރެއްވިއެވެ. «ابْدَأْنَ بِمَيَامِنِهَا، وَمَوَاضِعِ الوُضُوءِ مِنْهَا»[1]
މާނައީ:
ތިޔަކަނބަލުން އެކަމަނާގެ ކަނައަތްފަޅިން ފަށާށެވެ. އަދި ވުޟޫއު ކުރާގުނަން ތަކުން
ފަށާށެވެ.
3- ކުންނާރުފަތު
ފެނުން ފުރަތަމަ ބޮލާއި ތުނބުޅި ރަގަޅަށް ދޮވެލައި
އަދި މުޅިހަށިގަޑުވެސް ދޮވެލާނީ އެވެ.
-
އެއަށްފަހު ކަނާތްފަޅިން
ފެންވަރުވަން ފައްޓާނީއެވެ. އަދި އަރިކޮށްލުމަށްފަހު ބުރަކަށި ދޮންނާނީއެވެ. އަދި
މިގޮތަށް 3 ފަހަރު ފެންވަރުވަން ވާނެއެވެ.
އަދި ކޮންމެ ފަހަރަކު ފެންވަރުވާ އިރު ބަނޑުގައި އަތް ހާކާލަން ވާނެއެވެ. އަދި
އެއްވެސް އެއްޗެއް ނުކުމެއްޖެ ނަމަ ދޮންނަންވާނެއެވެ. ތިންވަނަފަހަރު ފެންވަރުވަން ވާނީ ކާފޫރު
އެއްކޮށް ލައިގެންނެވެ.
-
ނަބިއްޔާ
صلى الله عليه وسلم އެކަލޭގެ ފާނުގެ ދަރިކަނބަލުންގެ
ހިނެވުމުގައި އުޅުއްވި އަންހެން ބޭކަނބަލުންނަށް
ހަދީޘް ކުރެއްވިއެވެ. : « اجعلن في الغسلة الأخيرة كافوراً »[2] .މާނައީ ؛" ތިޔަކަނަބލުން އެންމެ ފަހު ހިނެއްކަމުގައި ކާފޫރު
ހަދާށެވެ." އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ކާފޫރަކީ ރަގަނޅު އެއިން ފަނިފަކުސާތައް
ދުރުކޮށްދޭ އެއްޗެކެޗެކެވެ. - 3
ފަހަރުންވެސް މައްޔިތާ ސާފުނުވާނަމަ 5 ފަހަރު އަދި އިތުރަށް
ސާފުކުރަން ޖެހޭނަމަ 7 ފަހަރު ވަންދެން ފެންވެރުވިދާނެއެވެ.
ކަފުން ކުރުން :
ކަފުން ކުރުމުގައި
ވާޖިބު މިންވަރަކީ މުޅިހަށިގަނޑު ފޮރުވާލުމެވެ. އަދި މުސްތަހައްބު ގޮތަކީ ފިރިހެނެއްނަމަ
ހުދު ތިން(3) ފޮތިގަނޑުން ކަފުން ކުރުމެވެ.
އުއްމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ އަންހާ
އަރިހުން އައިސްފައިވެއެވެ. (عَنْ عَائِشَةَ قَالَتْ كُفِّنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي ثَلَاثِ لَفَائِفَ بِيضٍ)[3]. މާނައީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަފުން ކުރެވުނީ ހުދު ތިން ފޮތިގަނޑުންނެވެ.
މިގޮތުން މައްޔިތާގެ
ދެދޮރުން އެއްޗެއްނާންނާނެހެން ފޮތިގަނޑެއް އަޅާލުމަށްފަހުން ކަފުން ކުރަން
ފެށުމަކީ މުސްތަހައްބުވެގެން ވާކަމެކެވެ. އަދި މޫނުގައިވާހުޅުވިފައިވާ
އެންމެހާތަންތަނާއި ، ސަޖިދައިގައި އޮންނައިރު ޖެހޭ ހުރިހާތަނެއްގައި ޙަނޫތު
ލުމަކީ ވެސް މުސްތަހައްބުވެގެންވާކަމެކެވެ. އަދި މުޅިހަށިގަޑުގައި ލުމަކީ
އެދެވިގެންވާކަމެއްކަމުގައި ވެއެވެ. އެއަށް ފަހު ކަނާތްފަޅިން ކޮންމެ ފޮތިގަނޑެއް
ވަކިން އަޅައި ކަފުން ކުރާނީ އެވެ.
-
މައްޔިތާގެ ކަފުން
ހިފެހެއްޓުމަށްޓަކައި ބަންނަންވާވަރު : 7 ފަހަރު އަދި މިއަށްވުރެ
މަދުވިޔަސް މައްސައެއްނެތެވެ. އެއީ މިކަމުގެ މަގުސަދަކީ ކަފުން ރޫޅުނަ ނުދިނުން
ކަމަށްވާތީއެވެ. އަދި އަންހެން މައްޔިތާ ކަފުން ކުރާނީ 5 ފޮތިގަނޑުންނެވެ.
ކަށުނަމާދު
ކަށުނަމާދު ކުރުމަކީ
މުސްލިމުންގެ މައްޗައްވާ ކިފާޔަތުގެ ފަރުޟެކެވެ.
ފިރިހެނެއްނަމަ އިމާމު
މީހާ ހުންނަންވާނީ މައްޔިތާގެ ބޮލާއި ދިމާލުގައެވެ. އަދި އަންހެނެއްނަމަ ހުންނަން
ވާނީ މައްޔިތާގެ މެދުގައިވެ. އިމާމު މީހާ މައުމޫންމުންނަށް ވުރެ ކުރީގައި ހުރުމީ
ސުންނަތް ގޮތެކެވެ. މިނަމާދަކީ ހަތަރު
ތަކުބީރުގެ މައްޗައް އެކުލެވިގެންވާ ސަލާމް ދިނުމުން ނިމޭ ނަމާދެކެވެ.
މިނަމާދުގައި ހުންނަން ޖެހޭނީ ކޮޅަށެވެ. ރުކޫ ކުރުމާއި ސަޖިދަ ކުރުމެއް
މިނަމާދެއްގައި ނުވާނެއެވެ.
· ނަމާދު ކުރާގޮތް :
-
ނިޔަތް ގަތުން
- ފުރަތަމަ ތަކުބީރު : ( ﷲ އަކުބަރު ކިޔައި ހަށަންބަނުން): އެއަށްފަހު أَعُوذُ އަދި بِسْمِ ކިޔައި ސޫރަތުލް ފާތިޙާ (الْحَمْدُ) ކިޔަވާނީއެވެ.
- ދެވަނަ ތަކްބީރު : الله أكبر ކިޔައި އަލުން ހަށަމް
ބަންނާނީއެވެ. ފުރަތަމަ ތަކްބީރަށް ފަހު ހަށަމް ބަނދެގެން (ހަށަމް މޮހެ ނުލައި)
ހުރެ ތަކްބީރް ކިޔުންވެސް އެއީ ޘާބިތު ގޮތެކެވެ. ދެވަނަ ތަކްބީރަށްފަހު ރަސޫލު الله صلى الله عليه وسلمގެ
މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެއީ ނަމާދުގެ ފަހު އައްތަޙިޔާތުގައި ކިޔާ
ފަދައިންނެވެ.
"اللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَماَ صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ , إِنَّكَ حَمِيْدُ مَجِيْدُ , اَللَّهُمَّ باَرِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ , كَماَ باَرَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ , إِنَّكَ حَمِيْدُ مَجِيْدُ"
- ތިންވަނަ ތަކްބީރު : މިތަކްބީރަށްފަހު މައްޔިތާގެ މައްޗަށް ދުޢާ
ކުރާނީއެވެ. " اللهم اغفر له وارحمه ، وعافه واعفُ عنه ، ونقه من الخطايا كما ينقى الثوب الأبيض من الدَنَس , وأبدله داراً خيراً من داره , وأهلاً خيراً من أهله , وزوجاً خيراً من زوجه ، وأدخله الجنة , وأعذه من عذاب القبر ومن عذاب النار "
މިތަނުގައި ކިޔާ ދުޢާ ނޭނގޭނަމަ ވިދާޅުވާނީ :
ފިރިހެނެއްނަމަ "اَللَّهُمَّ اغْفِرْلَهُ
" އަދި
އަންހެނެއްނަމަ "اللهُمَّ اغْفِرْ لَهَا " މިފަދައިންނެވެ. އަދި ކުޑަ
ކުއްޖެއްނަމަ އެކުއްޖާގެ މައިންބަފައިންގެ ފާފަފުއްސެވުމަށް އެދި ދުޢާ ކުރާނީއެވެ.
މިގޮތުން
"
اللهم اجعله فرطاً لوالديه , وذخراً وسلفاً وأجراً , اللهم ثقل به موازينهما , وأعظم به أجورهما , اللهم اجعله في كفالة إبراهيم وألحقه بصالح سلف المؤمنين , وأجره برحمتك من عذاب الجحيم , وأبدله داراً خيراً من داره , وأهلاً خيراً من أهله"[4] މިދުޢާ
ކުރެވިދާނެވެ.
މިދުޢާ ނޫނަސް އެހެން ރަނގަޅު ދުޢާތައް (ޢަރަބި ބަހުން) ކުރެވިދާނެއެވެ. ކުޑަ ކުއްޖެއްނަމަ އެކުއްޖާގެ މައިންބަފައިންގެ
ފާފަފުއްސެވުމަށާއި ﷲ ގެ ރަހުމަތް ލެއްވުމަށް ދުއާކުރާނީއެވެ.
- ހަތަރުވަނަ ތަކްބީރު : ހަތަރުވަނަ ތަކްބީރަށްފަހު
ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު "السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ" ކިޔައި ކަނާތް ފަރާތަށް
ސަލާމް ދޭނީއެވެ. އަދި ދެފަރާތަށް ސަލާމްދިނުން
ހުއްދަވެގެން ވެއެވެ.
ގަބުރުސްތާނަށް ވަނުން:
މަޤްބަރާއަށް (ޤަބުރުސްތާނަށް) ވަންނަމުން ކިޔާނީ
މިއަންނަނިވި ދުޢާއެވެ. "
السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا، إِنْ شَاءَ اللهُ لَلَاحِقُونَ، أَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ"[5].
މާނައީ: " ޤަބުރުތަކުގެ
އަހުލުވެރީންގެ ތެރެއިން މުއުމިނުތަކުންނާއި މުސްލިމުތަކުންނަށް ސަލާމަތްކަން
ހުއްޓެވެ. އަދި ﷲ ތަޢާލާގެ އިރާދަފުޅާއިއެކު އަހަރުމެންވެސް ތިޔަބައިމީހުންނާއި
ބައްދަލުކުރާ ހުށީމުއެވެ. އަޅަމެނަށާއި ތިޔަބައިމީހުނަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ޙަޟުރަތުން ރައްކާތެރިކަމަށް އަޅު އެދި ދަންނަވަމެވެ."
ކަށްވަޅަށް މައްޔިތާ ލަމުން «بِسْمِ اللَّهِ، وَعَلَى مِلَّةِ رَسُولِ اللَّهِ»"[6] މިހެން
ކިޔުން ސުންނަތް ވެގެން ވެއެވެ.
-
މައްޔިތާ
އުފުލުމުގައި އުފުލުމުގައި އޮތީ އަތުން ހިފައިގެން އަވަސް ފިޔަވަޅު ތަކަކާއި އެކު
މައްޔިތާ ގެންދިއުމެވެ. މިއީ މިކަމަށް މަގުތަނަވަސް ވެފައިވާނަމައެވެ. މައްޔިތާޖަނާޒާގައި
ވަޅުލުމަށް ގެންދާއިރު ހިނގާފަ ދާފަ ދާމީހާ އަށް ޖަނާޒާގެ ކޮންމެ ފަރާތަކުންވެސް
ދެވިދާނެއެވެ. ނަމަވަސް ޖަނާޒާގައި ބައިވެރިވާން ދާމީހާ ދަނީ ސަވާރީއެއްގައި
ކަމުގައިވާނަމަ އެމީހަކު ދާން ޖެހޭނީ ޖަނާޒާގެ ފަހަތުންނެއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. " «الرَّاكِبُ يَمْشِي خَلْفَ الْجَنَازَةِ , وَالْمَاشِي يَمْشِي خَلْفَهَا وَعَن يَمِينِهَا وَعَن يَسَارِهَا"[7]
މާނައީ: "ސަވާރުވެ ދުއްވާފައި ދާމީހާ ދާނީ
ޖަނާޒާގެ ފަހަތުންނެވެ. އަދި ހިނގާފައި ދާމީހާއަށް މަށްޔިތާގެ ފަހަތުން އަދި
ކަނައަތް ފަރާތުން އަދި ވައަތް ފަރާތުން ދެވިދާނެއެވެ. މާނައީ އޭނާ ބޭނުން
ދިމާލަކުން ޖަނާޒާގެ ކައިރިން ދެވިދާނެއެވެ.
-
އަދި އެހެން ރިވާޔތެއްގައި އައިސްފައިވެއެވެ."
الرَّاكِبُ يمشي خَلْفَ الْجَنَازَةِ، وَالْمَاشِي كيف شَاءَ مِنْهَا "[8] – މާނައީ: "ސަވާރުވެ
ދުއްވާފައި ދާމީހާ ދާނީ ޖަނާޒާގެ ފަހަތުންނެވެ. އަދި ހިނގާފައި ދާމީހާއަށް، އޭނާ
ބޭނުން ދިމާލަކުން ޖަނާޒާގެ ކައިރިން ދެވިދާނެއެވެ."
-
ޤަބުރުސްތާނުގެ
ތެރޭގައި ނުވަތަ ކައިރީގައި ހިނގާފައި ދާއިރު މުސްތަޙައްބު ވެގެންވަނީ ފައިވާން
ނުވަތަ ބޫޓް ފަދަ ތަކެތި ބާލާފައި، ހުސްފަޔާ ދިއުމެވެ. ޤަބުރުސްތާނުގައި ފައިވާން
ނުވަތަ ބޫޓުފަދަ ތަކެތި ލައިގެން ހިނގުމަކީ ސުންނަތާއި ޚިލާފު ގޮތެކެވެ.
އެހެންނަމަވެސް ފަޔަށް ތަދުވެ ނުވަތަ ގެއްލުން ލިބޭފަދަ އެއްޗެއް އެތަނުގައި
ހުރެއްޖެނަމަ ފައިވާނުގައި ދިއުމަކުންވެސް މައްސަލައެއް ނެތެވެ.
-
بَشِيرُ بْنُ الْخَصَاصِيَةِ ގެ އަރިހުން
ރިވާވެގެން ވެއެވެ. "ރަސޫލު
الله صلى الله عليه وسلمއަށް މީހަކު ޤަބުރުތަކުގެ ތެރެއިން ދެފައިވާން ކިބަޔަށް އަރައިގެން ހިނގާފައި
އުޅެނިކޮށް ފެނިވަޑައިގެން ހަދީޘް ކުރެއްވިއެވެ. " އޭ ފައިވާނުގެ
ދެކިބައަށް އަރައިގެން ހުރި މީހާއެވެ. ތިބާގެ ފައިވާންކިބަ ބޭލުމަށްފަހު އެއްލާލާށެވެ."[9]
-
މައްޔިތާ ވަޅުލުމަށްފަހު ވަކިވަކިން ދުޢާކުރުން
ހުއްދައެވެ. ރަސޫލު الله صلى الله عليه وسلم މީހަކު ވަޅުލައި ނިމިގެން ޙަދީޘް ކުރެއވިއެވެ. « اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ» މާނައީ
ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރާށެވެ. އެއީ އޭނާއަށް
ޘާބިތުކަން ލިބުމަށްޓަކައެވެ. އެހެނީ މިހާރު އޭނާއާއި ސުވާލު ކުރެވޭނެއެވެ."[10]. މިތަނުގައި ކުރެވިދާނެ ދުޢާ އަކީ: " اَللَّهُمَّ اغْفِرْلَهُ اللَّهُمَّ ثَبِّتْهُ" މާނައަކީ: "އޭ ﷲ އެވެ. އޭނާއަށް ފާފަފުއްސަވާންދޭވެ.
އަދި އޭނާއަށް ޘާބިތުކަން ދެއްވާންދޭވެ."
މުޙައްމަދު މަންޞޫރު އާދަމް
ނިމުނީ
[2] -
صحيح ابن حبان بترتيب ابن بلبان، حمد بن
حبان بن أحمد بن حبان بن معاذ بن مَعْبدَ، التميمي، أبو حاتم، الدارمي، البُستي (المتوفى:
354هـ، المحقق: شعيب الأرنؤوط، الطبعة: الثانية، 1414 – 1993 . رقم الحديث . 3032
[3] -
التمهيد لما في الموطأ من المعاني والأسانيد، أبو عمر يوسف بن عبد الله بن محمد بن عبد البر بن عاصم النمري القرطبي
(المتوفى: 463هـ)، تحقيق: مصطفى بن أحمد العلوي , محمد عبد
الكبير البكري، الناشر: وزارة عموم الأوقاف والشؤون الإسلامية
– المغرب، عام النشر: 1387 هـ
[7] - المعجم الكبير، سليمان
بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني (المتوفى: 360هـ)، المحقق: حمدي بن عبد المجيد السلفي، دار النشر: مكتبة ابن تيمية – القاهرة، الطبعة: الثانية، 1042.
[8] -
الترمذي (1031)، وقال: حديث حسن صحيح، والنسائي
4/ 55 - 56 وابن ماجة (1507)، وصححه الألباني في صحيح الترمذي (823).
Enmennah ves faseyha in kiyaalevene kahala font eh hiyaaru kohlehvi nama varah furihama vees..
ReplyDeleteViber, WhatsApp gina meehun beynun kuranee, forward kollan beynun vaane
ReplyDelete