އަވަސް ކަޅިޔަކުން އުމަވީ ދައުލަތް
41ހ - 132ހ / 661މ - 750މ
މުޙައްމަދު މަންޞޫރު އާދަމް
ފެށުން
ހަަމަޔަޤީނުންވެސް ތާރީޚަކީ ކުރީގެ
ޢަމަލުތައް ( ކަންތައްތަކެއް ) ހޯދުމެވެ. މީސްމީހުން ކޮށް އުޅުނު ކަންތައްތަކާއި،
އުންމަތްތަކުގެ ވާހަކަތާއި، ދައުލަތްތަކުގެ ވާހަކަތަކެވެ. އެވާހަކަ ތަކުގައިވާ
ރަގަޅު ކަންތަައްތަކަށް ތަބާވެ ނުރަގަޅުކަންތައްތަކުން ދުރުވުމަށެވެ.[1]
މިގޮތުން ކުރީގެ ފަލްސަފާވެރިން ބުނެއުޅެއެެވެ.
" ތާރީޚަކީ ތާރީީޚު ހޯދާ ބަލާމީހާގެ
އަތުގައި އޮތް މާޟީގެ ދަންމަރެކެެވެ. އެއިން އޭނަގެ
މުސްތަގުބަލް އަލިކުރާނެއެވެ."[2]
ތާރީޚު އެނގުމަކީ މިހާމުހިއްމު ކަމަކަށް ވުމާއި
އެކު އަޅުގަނޑު މި ބަހުޘްގައި އަލިއަޅުވާލަން ބެނުންވަނީ އިސްލާމީ ތާރީޚުގެ
ތެރެއިން އުމަވީ ދައުލަތް އުފެދުނު ގޮތާއި އަދި އެދައުލަތުގައި ޚަލީފާކަން
ކުރެއްވި ބޭފުޅުންގެ ވާހަކަ ޚުލާސާކޮށް ގެނެސްދިނުމެވެ.
އަޅުގަނޑު މިމަޢުޟޫއަށް ލިޔުމުގެ މަޤުސަދަކީ
ދިވެހިބަހުން މިމައުޟޫއައް ފޮތްތައް އެކުލަވާލައިފައި ނެތުމާއި އިސްލާމީ ތާރީޚުގެ
ވާކަތައް އަޅުގަނޑުމެން ދިވެހި މުސްލިމުންނަަށް އެނގުމަކީ ކޮންމެހެން
ބޭނުންތެރިކަމެއްކަމެއް ކަމުގައި ވުމުން، މިފަދަ މައުޟޫއަކަށްް ލިޔެފި ކަމުގައި ވާނަމަ
ދިވެހިންނަށް އިސްލާމީ ތާރީޚުގެ ކޮންމެވެސް ވަރެއްގެ މަޢުލޫމާތުތަކެއް ފޯރު
ކޮށްދެވިދާނެ ކަމުގެ އުންމީދުގައެވެ.
އަޅުގަނޑުގެ ދުޢާއަކީ މިއެސައިންޓުގެ ކިޔާއެންމެހާ
އަފްރާދުންނަށްް މަންފާކުރަނިވި މަޢުލޫމާތު ތަކެއް ލިބިގެން ދިޔުމެވެ.
ބަހުޘް ލިޔުންތެރިޔާ
: މުޙައްމަދު މަންޞޫރު އާދަމް
ބަހުޘް ލިޔުމަށް ރޭވިފައިވާ ގޮތް
މިބަޙުޘް ގައި އަޅުގަޑު އަންނަނިވި
ނުކުތާތަކަށް އަލިއަޅުވާލައިފައިވާނެއެވެ.
-
އުމަވީ ދައުލަތުގެ ތަޢާރަފް.
-
ދައުލަތުގެ ޚަލީފާއިންގެ މަޢުލޫމާތު.
-
ޚަލީފާއިންގެ ފާހަގަ ކޮށްލެވޭ ބައެއްމަސައްކަތް
ޕުޅުތައް.
-
އުމަވީ ދައުލަތުގެ ނިމުން.
އުމަވީ
ދައުލަތުގެ ޚަލީފާކަން ކުރެއްވި ބޭފުޅުންގެ ޖަދުވަލު
ދައުލަތުގެ ތަޢާރަފް
ހިޖުރައިން 41 ވަނަ
އަހަރުން ފެށިގެން 132 ވަނަ އަހަރާއި ހަމަޔައް ވެރިކަންކުރި އުމަވީ ދައުލަތަކީ
އިސްލާމީ އުންމަތް ފަޚުރުވެރިވާފަދަ ކާމިޔާބީތަކާއި ކުރިއެރުން ތަކެއް
ހޯދަައިދީފައިވާދައުލަތެކެވެ. މިދައުލަތް ނިސްބަތްވަނީ އުމަވީ ދައުލަތުގެ
މުއައްސިސް މުޢާވިޔަތުގެ ރަޟިޔަﷲ އަންހުގެ މުސްކުޅިކާފާފުޅު އުމައްޔާ ބުނު ޢަބުދު
ޝަމްސު ބުނު ޢަބްދު މަނާފަށެވެ. މިދައުލަތުގައި މުޅިޖުމްލަ 14 ޚަލީފާއިން ވެރިކަން ކުރެއްވިއިރު ފިރުޤާ ސުފިޔާނީން
ތިންބޭފުޅުން، އަދި ފިރުޤާ
މަރުވާނީން 11 ބޭފުޅުން ވެރިކަން ކުރެއްވިއެވެ.
ފިރުގާސުފިޔާނީގެ
3 ބޭފުޅުންނަކީ:
|
ވެރިކަމުގެ
މުއްދަތު
|
1-
މުޢާވިޔަތު ރަޟިޔަﷲ
އަންހު
|
20 އަހަރު
|
2-
ޔަޒީދު ބުނު
މުޢާވިޔާ
|
3 އަހަރާއި 8 މަހާއި 14 ދުވަސް
|
3-
މުޢާވިޔަތުބިން
ޔަޒީދުބިން މުއާވިޔާ
|
1
މަހާއި 11 ދުވަސް
|
އަދި
ފިރުގާ މަރުވާނީންގެ11 ބޭފުޅުންނަކީ:
|
|
1-
މަރުވާން
ބުނު ހަކަމް
|
8 މަހާއި 5 ދުވަސް
|
2-
އަބުދުލްމަލިކު
ބުނު މަރުވާން
|
21 އަހަރާއި 1 މަހާއި 20 ދުވަސް
|
3-
ވަލީދު
ބުނު އަބުދުލް މަލިކް (ވަލީދުލް އައްވަލު)
|
9 އަހަރާއި 8 މަހާއި 2 ދުވަސް
|
4-
ސުލައިމާން
ބުނު އަބުދުލް މަލިކް
|
2 އަހަރާއި 6 މަހާއި 15 ދުވަސް
|
5-
އުމަރު
ބުނު އަބުދުލް އަޒީޒު
|
2 އަހަރާއި 5 މަހާއި 5 ދުވަސް
|
6-
ޔަޒީދު
ބުނު އަބުދުލް މަލިކު (ދެވަނަ ޔަޒީދު)
|
4 އަހަރާއި 13 ދުވަސް
|
7-
ހުޝާމު
ބުނު އަބުދުލް މަލިކް
|
19 އަހަރާއި 9މަހާއި 9 ދުވަސް
|
8-
އަލްވަލީދު
ބުނު ޔަޒީދު
|
1 އަހަރާއި 3މަސް
|
9-
ޔަޒީދު
ބުނު އަލްވަލީދު
|
2 މަހާއި 10 ދުވަސް
|
10- އިބުރާހީމް ބުނު އަލްވަލީދު
|
3 މަސް
|
11- މަރުވާން ބުނު މުޙައްމަދު (މަރުވާން އައްޘާނީ)
|
5 އަހަރާއި 2
މަހާއި 10 ދުވަސް
|
[4].
އުމަވީ ދައުލަތް އުފެދުނު ގޮތް
ހިޖުރައިން 40 ވަނައަހަރު ޚަވާރިޖީންގެ ރޭވުމަކުން "އަބްދުއްރަހުމާން
ބިން މުލްޖިމް" ކިޔާޚަވާރިޖީންގެ ތެރެއިން މީހަކު އަލީގެ ފާނު ގަތުލު ކޮށްލުމާއި ވިދިގެން
އަލީގެ ފާނުގެ ދަރިކަލުން ހަސަނުފާނު( ރައިހާނަތުއްނަބިއްޔު ޞައްލަﷲ އަލައިހި
ވަޞައްލަމް)ގެ ޚިލާފަތަށް ކޫފާ އަދި ބަޞަރާގެ ރައްޔިތުން ބައިޢަތު ހިފިއެވެ. މިހެން ކަމުން ހިޖުރައިން 41 ވަނަ އަހަރު
މުޢާވިޔތުގެ ފާނު އާއި ކުރިމަތި ލެއްވުމަށް ހަސަނުގެ ފާނު
ނުކުމެވަޑައިގެންނެވިއެވެ . ނަމަވެސް ދެލަޝްކަރު ބައްދަލުވި ހިނދު ހަސަނުގެ ފާނުގެ
ހިއްޕުޅު ސުލްހަޔަށް ލެބިގެން ދިޔައެވެ. ސަބަބަކީ ދެފަރާތުގައިވެސް ތިބީ
މުސްލިމުންކަމަށްމުވުން ހަނގުރާމަ ފަށައިފިނަމަ ދެފަރާތުން ވެސްގިނަބަޔެއްގެ
ލޭއޮހޮރިގެންދާނެތީއެވެ. މިހެންވެ ހަސަނުގެފާނު މުޢާވިޔަތުގެ ފާނު އާއި
ސުލްހަވެ ޚިލާފާކަމުން ވަކިވެވަޑަިގެން،
މުޢާވިޔާ އަށްބައިއަތު ހިއްޕެވި އެވެ.
މިހިސާބުން އުމަވީ ދައުލަތް ފެށުނެވެ. މިއަހަރަށް (41 ވަނަ އަހަރަށް) ޢާންމުލްޖަމާއަތުލް
އަށްވަލު އޭކިޔުނެވެ.
1- ފުރަތަމަ ޚަލީފާ މުޢާވިޔަތު
ބުނު އަބީސުފިޔާން ރަޟިޔަﷲ އަންހު ( 41 = 61 ހ )
މިއީ
އުމަވީދައުލަތުގެ ހަޤީޤީ މުއައްސިސެވެ. އަރަބީންގެ ތެރެއިން ވިސްނުންފުޅު ތޫނު
އިއްޒަތްތެރި ބޭކަލެކެވެ. ޚަލީފާކަން ގާތްގަޑަކަށް 20 އަހަރު ދުވަސް ވަންދެން
ކުރެއްވިއެވެ.
ޚަލީފާކަމަށް
އިސްވުމަށްފަހު މަޤައްރުލް ޚިލާފާ
ކޫފާއިން ދިމިޝްގަށް ބަދަލު ކުރެއްވި އެވެ.
އަދި ދައުލަތް
ހިންގުން ހަރުދަނާކުރައްވައި ޕޯސްޓްގެ ޚިދުމަތް ތަޢާރަފް ކުރެއްވި އެވެ. ފަތް ލިޔުމާއި ދީވާން ލިޔަން ނަސާރާއިން ގެންގުޅުއްވާ، އަދި ރޫމީންގެ ފައިސާ ބޭނުން ކުރެއްވިއެވެ.[5]
ސިފައިން
ދެބަޔަކަށް ބައްސަވާ އެކަލޭގެ ފާނުގެ ފާރަވެރިންނަށް ވަކި ބަޔަކު ޚިޔާރު
ކުރެްވިއެވެ. އަދި ދެވަނަ ބަޔަކީ ޖިހާދު ކުރަންދާ ފައުޖު ކަމުގައި
ހަމަޖެއްސެވެިއެވެ.[6]
ޝާމްކަރައިގެ
އައްސޭރި ފަށުގެ ރަށްތައް ކަމުގައިވާ ސައިދާ، ޖުބައިލު ، ބައިރޫތު ފަދަ ރައްތައް ފަތަހަ ކުރުމުގައި
ޙަރަކާތްތެރިވުން ހިޖުރައިން 56
ވަނަ އަރު މުޢާވިޔަތުގެފާނަށްފަހު ޚަލީފާ
އަކީ އެކަލޭގެ ފާނުގެ ދަރިކަލުން ޔަޒީދު
ބިން މުޢާވިޔާ ކަން އިޢުލާން
ކުރެއްވިއެވެ. އަދި މީސްތަކުންނަށް ވަލިއްޔުލް ޢަހުދު ޔަޒީދު ބުނު
މުޢާވިޔާއަށް ބައިޢަތު ހިފުމަށް ގޮވާލިއެވެ.[7]
ބުނެވޭ
ގޮތުގައި އިށީނދެ ވަޑައިއިންނަވައިގެން
އެންމެ ފުރަތަމަ ޚުތުބާކުރެއްވި
ބޭކަލަކީވެސް މުޢާވިޔާތުގެ ފާނުއެވެ.
އިބުނު އަބީ ޝައިބާ طاوس ކިބައިން ރިވާކުރެއްވިއެވެ."ރަސޫލު ﷲ (ސ) އާއި އަބޫބަކުރުގެފާނާއި
ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ޚުޠުބާ ދެއްވެވީ ކޮޅަށް ތިބެވަޑައިގެންނެވެ. އަދި
އެންމެ ފުރަތަމަ މެންބަރުގައި އިށީދެ ވަޑައިގެން އިނދެ ޚުޠުބާ ދެއްވެވީ
މުޢާވިޔާއެވެ."[8]
· މުޢާވިޔަތު ރަޟިޔަﷲ ޢަންހު ގެ
ފާހަގަ ކޮށްލެވޭ ޚިދުމަތްތައް :
-
އަބޫބަކުރުގެ ފާނުގެ
ޚިލާފަތުގައި މުރުތައްދުވީ މީހުނާއި ކުރި ޔަމާމާ ހަނގުރާމައިގައި ބައިވެރިވެ
ވަޑައިގެންނެވިއެވެ. އެހަނގުރާމައިގައި މުސައިލަމުތު ބުނުލްކައްޒާބު ޤަތުލު
ކޮށްލެއްވީ އެކަލޭގެފާނު ކަމަށް ރިވާވެގެން ވެއެވެ.
-
ޢުމަރުގެ
ފާނުގެ ދުވަސްވަރު ޢުރުދުންގެ ވާލީކަމުގައި ޢައްޔަންކުރެވުނުވެ. އަދި ޢުޘްމާނުގެ
ފާނުގެ ޚިލާފަތުގައި މުޢާވިޔަތުގެ ފާނުގެ ޢަޚު ޔަޒީދު ބުން އަބީ ސުފިޔާން އަވަހާރަ
ވުމުން މުޅި ޝާމް ކަރައިގެ ގަވަރނަރުކަން ލިބިވަޑައި ގަތެވެ.[9]
-
ޔަޒީދު ބުން
އަބީ ސުފިޔާން އަވަހާރަ ވުމުން މުޅި ޝާމް ކަރައިގެ ގަވަރނަރ ކަން ދެއްވުން
-
ބީޒަންޓައިންނާ
އަށް އެއްގަމާ ކަނޑު މަގުން ހަމަލާ ދެއްވި ، އަދި ލާހޫރާ ހަމައަށް އިސްލާމީ
ފުތޫހާތު ފުޅާކުރި .
-
މިސްކިތުގައި
މިހުރާބުގެ ހެއްދެވުން
-
ފަތް ލިޔުން ،
ދީވާން ލިޔަން ނަސާރާއިން ގެންގުޅުއްވާކަން ފާހަގަ ކުރެވެއެވެ. އަދި ރޫމީންގެ
ފައިސާ ބޭނުން ކުރެއްވިއެވެ.
·
އަވަހާރަވުން :
ހިޖުރައިން 60 ވަނަ އަހަރު ރަޖަބު މަހުގައެވެ. އެހެން ކަމުން އެކަލޭގެ ފާނުގެ
ވެރިކަމުގެ މުއްދަތަކީ 19 އަހަރު 3 މަހާއި 27 ދުވަހެވެ.[10]
2-
ޔަޒީދު ބުނު މުއާވިޔާ (60 = 64 ހ)
މިއީ
މުސްލިމްގެ ތާރީޚްގައި އެޚަލީފާއެއްގެ ދުވަސްވަރު ހިތާމަ ވެރި ހިއްދަތި
ދުވަސްތަކެއް މުސްލިމުން ހޭދަކުރަންޖެހުނު އެއްޚަލީފާއެވެ.
"މިގޮތުން ހުސައިނު ބިން އަލީ ރަޟިޔަﷲ އަންހު ޔަޒީދުގެ
ވެރިކަމަށް ބައިއަތު ނުހިފުމުގެ ސަބަބުން، އުމަވީލަޝްކަރު ( ޔަޒީދުގެ ސިފައިން)
އިރާގުގެ ކަރްބޮލާގައި ހުސައިނުގެފާނު ޝަހީދު ކޮށްލިއެވެ. މިކަން ހިނގާދިޔައީ
ހިޖުރައިން 61 ވަނަ އަހަރު މުޙައްރަމް މަހު 10 ވަނަ ދުވަހުއެވެ."[11]
މިކަމާއި
ގުޅިގެން މުސްލިމުންގެ ތެރޭގައި ޔަޒީދުގެ
ޚިލާފަތާއި ދެކޮޅު ޝުއޫރުތައް ފާޅުކުރަން ފެށުނެވެ. "އަދި މައްކާ، މަދީނާގެ
އަހުލުން ޔަޒީދުއަށް ބައިއަތު
ހިފުމަށްދެކޮޅުހަދައި މަދީނައިގައި ތިބި އުމަވީން މަދީނާއިން ބޭރު ކޮށް
ފައްސާލިއެވެ. ނަތީއްޖާ އަކަށްވީ ހިޖުރައިން 63 އަހަރު ޔަޒީދު ވަރުގަދަ
ލަޝްކަރެއް ތައްޔާރު ކޮށް މުސްލިމު ބުނު ޢުޤުބާ އެލަޝްކަރުގެ ވެރިޔަކަށް އިސްކޮށް މަދީނާ
އަށް ފޮނުވުމެވެ. މުސްލިމު ބުނު ޢުޤުބާ އޭނަގެ ލަޝްކަރާއި އެކު މަދީނާގެ ހުރުމަތް
ކަނޑައި މަދީނާގެ ތެރެއަށް ވަދެ ގިނަ
އަދަދެއްގެ މުހާޖިރީންނާއި އަންސާރުން ގަތުލު ކޮށްލިއެވެ. މިގަތުލު
އާންމަށް " މައުގިއަތުލް ހައްރާ " ކިޔައެވެ. ބުނެވޭ ގޮތުގައި މިހަމަލާތަކުގައި
މުހާޖިރުންނާއި އަންސާރުންގެ 700 މީހުން ޤަތުލުކޮށްލެވިފައިވެއެވެ. މިގޮތުން ޤަތުލު
ކޮށްލެވުނު މަޝްހޫރު ޞަހާބީބޭލުންގެ ތެރޭގައި މަދީނާގެ އަމީރު عبد
الله بن
حنظلة، އާއި
معقل بن
سنان އާއި وعبيد
الله بن
زيد بن
عاصم رضى
الله عنه
އާއި مسروق
بن الأجدع ހިމެނި ވަޑައިގަންނަވައެވެ.[12]
މިޚަބަރު
ޢަބްދުﷲ ބުނުއްޒުބައިރަށް ލިބިވަޑައިގަތުމުން ވިދާޅުވިއެވެ."
އެމީހުން ތިޔަބައިމީހުންގެ ޢަޞްޙާބުން
ޤަތުލުކޮށްފިއެވެ. އަދި ޔަޒީދުއަށް އެވަނީ ނުބައިވެގެންވާ
ކުށެއްކުރެވިފައެވެ." އަދި މުސްލިމު ބުނު ޢުޤުބާ އާއި މެދު ވިދާޅުވިއެވެ.
"ތިން ދުވަސް ވަންދެން ހަގުރާމަ ވެރިންނަށް
މަދީނާ ހުއްދަކުރުން އެއީ އޭނަކުރި ނުބައިވެގެންވާ ފާޙިޝް ޢަމަލެކެވެ."[13]
ކޮންމެއަކަސް
މުސްލިމު ބުނު ޢުޤުބާ މަދީނާގެ ކަންތައްތައް ހަމަޔަކަށް އެޅުމުން ހިޖުރައިން 64
އަހަރު މައްކާ އާއި ދިމާލަށް އެމީހުންގެ މިސްރާބު ބަދަލު ކޮށްލިއެވެ. ޤަސްދަކީ
މައްކާގައި އެއިރު ހުންނެވެި ޢަބުދުﷲ ބުނުއްޒުބެއިރު ޤަތުލުކޮށްލުމެވެ.[14]
ނަމަވެސް
މައްކާއަށް އައުމުގެ ކުރިން މުސްލިމު ބުނު ޢުޤުބާގެ މަރުއައިސް ޖެހުނެވެ. މުސްލިމު
ބުުނު ޢުޤުބާ މަރަށް ޙާޟިރު ވުމުން އެލަޝްކަރުގައި ހުންނެވި الحصين
بن النميرالسكونى ގެންނަވާ ލަޝްކަރުގެ ލީޑަރުކަމަށް
ޢައްޔަން ކުރިއެވެ.[15]
މި
ދަނޑިވަޅުގައި އަބުދުﷲ ބިން ޒުބައިރު މައްކާގައި އެކަލޭގެ ފާނުގެ ޚިލާފަތް އޢުލާން ކުރި އެވެ.
އަދި
މައްކާގެ އަހުލުން ޒުބައިރުގެ ފާނަށް ބައިއަތު ހިފިއެވެ. މިހެންވެ ޔަޒީދު ގެ
ލަޝްކަރު މައްކާ އާއި ދިމާކުރިއެވެ. އަދި ޢަބުދުﷲ ބުނުއްޒުބައިރު ގެ ލަޝްކަރާއި
ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާދިޔައެވެ. މިކުރިމަތިލުންތަކުގައި
އެތައްބަޔަކު ޤަތުލުވެގެންދިޔައެވެ. އަދި ހިޖުރައިން 64 ވަނައަހަރު 3 ރަބީޢުލްއައްވަލު ގައި ޔަޒީދުގެ ލަޝްކަރުންް
މައްކާ ހިޞާރުކޮށް މަންޖަނީގުން (ބޮޑެތި ސާޅަނގަ ނުވަތަ ސޭލާ އަށް ލުމަށްފަހު
އެއްލާލެވޭ އަލިފާން ހިލަގަނޑު ގަނޑު) ގެފުޅަށް ހަލާދިނެވެ. މިހަމަލާތަކުގައި
ގެފުޅުގެ ފާރު އަނދައިގެން ދިޔަކަމަށް އަލްވާޤިދީ ވިދާޅުވެލައްވައެވެ. އަދި
މިޙިޞާރު ރަބީޢުލް އާޚިރު މަހުގެ ފެށުމާއި ހަމަޔަށް ދެމިގެންދިޔައެވެ.[16]
މިހާހިސާބަށް
ދިޔައިރު ޔަޒީބުނު މުޢާވިޔާގެ އަޖަލު އައިސް ޖެހިއްޖެވެ. އެއިރު ޔަޒީދުގެ
ޚިލާފަތަށް 3 އަހަރާއި 6 މަސް ނުވަތަ 8 މަސް ފާއިރުވެ ހިގައްޖެއެވެ. ޔަޒީދު މަރުވި ޚަބަރު ޢަބުދު ﷲ ބުނުއްޒުބައިރައް ޝާމުގެ
ލަޝްކަރަށް ވުރެ ކުރިން ލިބުނުވެ. އެހެން ކަމުން ޢަބުދު ﷲ ބުނުއްޒުބައިރު އެޚަބަރު
އިއުލާނުކޮށް އެމީހންގެ ތެރެއިން ބޭނުންވާ ބަޔަކު އެކަލޭގެ ފާނާއި ގުޅުމަށް އަދި
އަދި އެނޫން މީހުން ޝާމަށް އެބުރި ދިޔުމަށް ގޮވާލިއެވެ. ނަމަވެސް الحصين
بن النمير އާއި ޝާމީންގެ
ލަޝްކަރު މިވާހަކަތައް ޤަބޫލުނޮކޮށް މައްކާ ޙިޞާރު ކޮށްގެން ދެމިތިއްބާ ثابت
بن قيس
بن القيقع ޔަޒީދު މަރުވެއްޖެ ކަމުގެ ޞައްޙަ ޚަބަރުދިނެވެ.
މިހާހިސާބުން ޝާމީން މައްކާ ދޫކޮށް ހިގައްޖެއެވެ.[17]
3- މުއާވިޔަތު
ބުނު ޔަޒީދު ބުނު މުއާވިޔާ ( 64 = 64)
ބައްޕާފުޅު ނިޔާވުމުން ދެވަނަ މުއާވިޔާ
ވެރިކަމަށް އައެވެ. މީސްތަކުން މިކަލޭގެ
ފާނަށް ބައިއަތު ހިފީ ހިޖުރައިން 64 ވަނަ އަހަރު ربيع
الأول މަހުގެ މެދުތެރޭގައެވެ. މިކަލޭގެ ފާނަށް ގިނަ ދުވަހު
ވެރިކަމުގައި ހުންނެވޭ ގޮތް ނުވި ކަމުގައި ވިޔަސް މިކަލޭގެ ފާނަކީ ޞާލިހު
ބޭކަލެއްކަމަށް ބުނެވެއެވެ.[18]
ބައެއް
ތާރީޚް ލިޔުއްވުން ތެރިން ދެކޭގޮތުގައި
މުއާވިޔާ ވެރިކަމަށް އިސްވެ ވަޑައިގަތީ އެކަލޭގެ ފާނުގެ އުމުރުން 20 ވަނަ
އަހަރުއެވެ. އަދި އަނެއްބައި ލިޔުން ތަށް ބުނާގޮތުން އެއިރު މުއާވިޔާގެ އުމުރަކީ 23 އަހަރެވެ.
ޚަލީފާ އަކަށް ވެވަޑައި ގަތްއިރު އުމަވީޚިލާފަތު އެތެރެ އާއި ބޭރުގެ ކަންތައްތައް
ވަނީ ބޮއްސުންލާފައެވެ. އަދި ހުސައިނުގެ ފާނުޝަހީދު ކޮށްލުމާއި ވިދިގެން މަސްރަހު
ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހަމަ މިދަނޑިވަޅުގައި އަބުދުﷲ ބިން ޒުބައިރަށް
ގިނަބަޔަކު ބައިއަތު ވަނީ ހިފައިފައެވެ.
މިގޮތުން
މިސްރު، ހިޖާޒުކަރަ، ޔަމަން ، އިރާގު ، ޚަރާސާންގެ އަދި ޝާމުގެ ބައެއް ރަށްތަށްވެސް ޒުބައިރުގެ
ފާނަށް ބައިއަތު ހިފިއެވެ.
މިހެންވެ
މުޢާވިޔާ ޢުމަރުގެ ފާނާއި އިގުތިދާ ވުމަށްޓަކައި 6 ބޭކަލުންގެ ކޮމެޓީ އެއް
ހޮއްވަވާ ޚަލީފާއަކު ހޮއްވެވުން ޙަވާލުކުރަން ނިންވެވެިއެވެ. ނަމަވެސް
އެކަންކުރޭގޮތް ނުވިއެވެެ.
"
އެހެން ކަމުން އެކަލޭގެ ފާނުގެ ވަރައަ ވެރިކަމުން
އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ. ބުނެވޭގޮތުގައި މުޢާވިޔާ ( ދެވަނަ)
ވެރިކަމުގައި ހުންނެވީ ގާތްގަނޑަކަށް 40 ދުވައެވެ."[19]
އަދި މިކަލޭގެ
ފާނު އަވަހާރަ ވެވަޑައިގަތް އިރު އެކަލޭގެ ފާނަށްފަހު ވެރިކަން ކުރާނެ ޚަލީފާއެއް
އެކަލޭގެ ފާނު ކަނޑައެއްނައަޅުއްވައެވެ.
4_-
މަރުވާނު ބުނުލްޙަކަމް ( 64 = 65)
ފިރުގާ މަރުވާނީންގެ ފުރަތަމަ ޚަލީފާ ، އުމަވީދައުލަތުގެ 4 ވަނަ
ޚަލީފާ-
ޒުބައިރިއްޔީންގެ
ބާރު މުޅިސަރަހައްދައް ފެތުރި، އުމަވީދައުލަތް އުވިދާނެ ކަމުގެ ބިރު ހީވުމާއި
ގުޅިގެން އުމަވީން ޖާބިޔާ ( ދިމިޝްގާއި ކައިރި ތަނެއް) ގައި ހިޖުރައިން 65 ވަނަ
އަހަރު ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުމުގައި މަރުވާނު ބިން އަލް ހަކަމް
ޚަލީފާކަމަށް އިސްކުރުމަށް ނިންމައި އުމަވީންގެ ހަތަރުވަނަ ޚަލީފާއަކީ މަރުވާން
ބިން އަލްހަކަމް ކަން އިއުލާން ކުރިއެވެ. އަދި ޚިލާފަތުގެ ވަލީ ޢަހުދުން ކަމުގައި خالد
بن يزيد
އަދި عمرو
بن سعيد
الأشدق ހަމަޖެއްސިއެވެ.
މަރުވާނު
ބުނުލްޙަކަމުގެ ޚަލީފާއަކަށް އިސްވުމަށް ފަހު މުޅި ޝާމްކަރަ އެކަލޭގެ ފާނުގެ
ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. މިގޮތުން مرج
راهط ގެ ހަނގުރާމައިން ޤައިސީން ބަލިކުރެއްވުމަށްފަހު ދިމިޝްގާއި
ޝާމްކަރަ ، އަދި މިސްރު މަރުވާންގެ ބާރު ހިނގާ ތަނެއްކަމުގައި ހެއްދެވި.
އަދި
ޢިރާޤާއި ޙިޖާޒުކަރަ އެކަލޭގެ ފާނުގެ ބާރުގެ ދަށަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅު
ކާމިޔާބު ނުވަނީސް ހިޖުރައިން 65 ވަނަ
އަހަރު އެކަލޭގެ ފާނު އަވަހާރަވިއެވެ. ނަމަވެސް އެކަލޭގެ ފާނު އަވަހާރަ ވުމުގެ
ކުރިން އެކަލޭގފާނުވަނީ ޚިލާފަތަށް އެކަލޭގެ ފާނު ބޭނުންވި ބަދަލު ގެންނަވާފައެވެ.
މިގޮތުން ޚިލާފަތުގެ 2 ވަލީޢަހުދުން ވަކިކުރައްވާ އެކަލޭގެ ފާނަށް ފަހު ވެރިކަން
ކުރައްވާނީ އެކަލޭގެ ފާނުގެ ދެދަރިކަލުން ކަމުގައިވާ عبد
الملك އަދި عبد
العزيز ކަމުގައި ހަމަޖެއްސަވައި ވަލީޢަހުދުކަން ބަދަލު
ކުރެއްވިއެވެ. އަދި މީސްތަކުންލައްވާ މި ދެ ދަރިކަލުންނަށް ބައިޢަތު ހިއްޕެވެިއެވެ.
މިގޮތަށް މިކަންތައްތައް ރޭއްވުމުގައި އެކަލޭގެ ފާނަށް އެހީތެރިވެދިނ
ބޭކަލެއްކަމުގައިވަނީ حسان
بن مالك
بن بحدل އެވެ.[20]
ބައެއް
އިލްމުވެރިން ވިދާޅުވާ ގޮތުގައި مروان
بن الحكم މިއީ ޞަހާބީ ބޭކަލެކެވެ . އަނެެއްބައި ޢިލްމުވެރިން
ދެކޭގޮތުގައި މިއީ ތާބިޢީ ބޭކަލެކެވެ.
"މިކަލޭގެ
ފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ 63 އަހަރެވެ. މިކަލޭގެ ފާނުގެ މަށްޗަށް
ކަޝްނަމާދު ކުރެއްވީ ދަރިކަލުން ޢަބުދުލް މަލިކެވެ. ފަސްދާނުލެވިފައިވަނީ باب
الجابية އަދި باب
الصغير އާއި ދެމެދުގައިވެ.
މިކަލޭގެ ފާނުގެ ވެރިކަމުގެ މުއްދަތަކީ 9 މަހާއި 18 ދުވަހެވެ."[21]
5-
އަބުދުލް މަލިކު ބުނު މަރުވާން (65 = 86 ހ)
މިއީ އުމަވީ
ދައުލަތުގެ 2 ވަނަ މުއައްސިސެވެ. އުމަވީންގެ ފަސްނަ ޚަލީފާއެވެ.މިކަލޭގެ ފާނަށް
ބައިޢަތު ހިފުނީ ހިޖުރައިން 65 ވަނަ އަހަރު ރަމަޟާން މަހުގެ 3 ވަނަދުވަހުއެވެ.[22]
މިކަލޭގެފާނު
ވެރިކަމަށް އިސްވުމަށްފަހު ބާރުވެރިކަމާއި
އެކު ޝާމާއި ޢިރާޤާއި މިޞްރު އެކަލޭގެ
ފާނުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އަދި ޙައްޖާޖު ފުނުވައި ޒުބައިރިއްޔީންގެ މައްޗަށް
ކުރި ހޯއްދަވައި، ޒުބައިރީންގެ ޚިލާފަތަށް ނިމުން ގެންނެވިއެވެ. އަދި މިކަންކުރިއިރު
ގެފުޅުހަލާކުވެދިޔައެވެ. މިކަން ހިނގާދިޔައީ ހުޖރައިން 73 އަހަރުއެވެ.
އިބުނުއްޒުބައިރަށް ނިޔާކަނޑައެޅި ޙިސާބުން ޢަބުދުލް މަލިކުގެ ޚިލާފަތަކީ ޞައްޙަ
ޚިލާފަތެއްކަމުގައި ވެގެންދިޔައެވެ.[23]
އެހެންކަމުން ހިޖުރަިން 73 އަހަރަށް ޢާންމުލް
ޖަމާޢަތުއައްޘާނީ ގެ ނަމުން ނަންދެވުނެވެ.
މިކަލޭގެ ފާނު ޚަލީފާކަން
ކުރެއްވިއިރު ދައުލަތުގެ އިދާރީހިންގުން ހަރުދާނާކޮށް ތަރައްޤީ
ކުރެއްވިއެވެ.
މިގޮތުން
ދައުލަތުގެ ކުރީގެލިޔުންތައް ( ފާރިސީ، ގުބުޠީ، ރޫމީ، ބަހުން ލިޔެފައިވާ ) ޢަރަބިބަހަށް ބަދަލުކުރެއްވިއެވެ. އަދި
ދައުލަތުގެ ފައިސާއަކީ ދިރުހަމާ، ދީނާރު ކަމުގައި ހެއްދެވި އެވެ. މިކަލޭގެ ފާނު
ފާހަގަ ކުރެއްވެނީ އަބުލް މުލޫކުގެ (ރަސްރަސްކަލުންގެ ބައްޕަ) ނަމުންނެވެ. މިއީ
ޢުމަވީ ދައުލަތަށް ގިނަގުނަ ތަރއްޤީ އާއި ތަހުޒީބު ގެންނެވި ބޭކަލެކެވެ.
" މިކަލޭގެ ފާނު އަވަރާވީ ހިޖުރައިން 86
ވަހަރަހު ޝައްވާލު މަހުގައެވެ. މިކަލޭގެފާނުގެ ޚިލާފަތުގެ މުއްދަތަކީ 21 އަހަރާއި
އެއްމަހާއި 14 ދުވަހެވެ.[24]
ޢަބުދުލް
މަލިކު ބުނު މަރުވާނުގެ ޚިލާފަތުގައި ޖެއްސެވި ދީނާރުގެތަޞްވީރު
6- އަލްވަލީދު ބުނު
އަބްދުލް މަލިކް (86 = 96 )
މިއީ
އަބްދުލް މަލިކުބިން މަރުވާންގެ ދޮށީ ދަރިކަލެވެ. އުމަވީ ދައުލަތަށް ގިިނަ
އިސްލާހުތަކެއް ގެންނެވި، ގިނަ ރަށްތަކެއްފަތަހަ ކުރެއްވި، ފުތޫހާތުގެ ލީޑަރެވެ.
" ދިމިޝްގުގެ ޖާމިއުލް އުމަވީގެ ބާނީއަކީީވެސް
މިކަލޭގެފާނުއެވެ. ޚަލީފާ ކަމުގައި
ހުންނެވިއިރު މަސްޖިދުންނަބަވީ ބޮޑުކުރައްވައި ދެވަނަ ފަހަރައް އިމާރާތް
ކުރެއްެވިއެވެ. މިކަލޭގެ ފާނަކީ ޢުމްރާނީ ތރައްޤީއަށް ޚާއްސަ އަހަމިއްޔަތު
ކަމެއްދެއްވައި ގިނަ މަޝްރޫއުތަކެއް ތަރައްޤީ އަށް ޓަކައި ހިންގެވި ބޭކަލެކެވެ.
އެހެންކަމުން މިކަލޭގެ ލަޤަބެއްގެ ގޮތުން مهندس بني
أمية ( އުމަވީ ދަރިކޮޅުގެ
އިންޖިނޭރު ) ކިޔައެވެ.[26]
މިކަލޭގެ
ފާނުގެ ދުވަސްވަރު ކުރެވުނު ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތްތައް:
1- މަސްޖިޖުއްނަބަވީ ބޮޑުކުރެއްވުން. މަދީނާގެ އަހުލުންނަށް ފަސޭހައިން މީހުންނަށް ފެންލިބޭނެ ގޮތް
ހަމަޖެއްސެވުން.
2- މަސްޖިދުލް ޢުމަވީ
ބިނާކުރެެއްވުން.
3- ހަސްފަތާލުތައް އެޅުއްވުން. (88ހ
ޖުޒާންބަލި ޖެހިތިބި މީހުންނަށް ޚާއްސަ ކޮށް ހަސްފަތާލު ހެއްދެވުން).
4- ލޯފަންމީހުނަށް ޚާދިމުން ހަމަޖެއްސެވުން.
5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ
ކަންތައްތައް ދައުލަތުން ބަލަހައްޓާ ގޮތައް ހަމަޖައްސާ ފިޤްހުވެރިންނަށާއި
ނިކަމެތިންނާއި ފަޤީރުންނަށް މުސާރަކަނޑައެޅުއްވުން،
އަދި މީސްތަކުންނަށް ދަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މަގުތައް
ހައްދަވައި ތަނަވަސް ކުރެވިއެވެ.
6- މެހެމާންދާރީންނަށް ޚާއްސަ ގެއެއް
ބިނާކުރެއްވުން."[27]
މިކަލޭގެ ފާނުގެ އެންމެ ފާހަގަ ކޮށްލެެވޭ ކަމަކީ
ދައުލަތަށް ގެންނެވި ފުތޫޙާތު ތަކެވެ. މިގޮތުންެ އިރުމަތިން ޗައިނާ އާއި ހަމައިން
ފެށިގެން ގޮސް ހުޅަނގު ޔޫރަޕް ގެ ސްޕެއިން އާއި ހަމަޔަށް އުމަވީދައުލަތް
ފުޅާކުރެއްވިއެވެ.
މޫސަބިންނުސައިރު
އާއި ތާރިޤުބިންޒިޔާދު ގެ ގާއިދު ކަމުގެ
ދަށުން މޮރުކޯ އާއި ސްޕެއިން ފަތަހަ ކުރެއްވިއެވެ. އަދި ރޫމީންގެ ބާރުގެ
ދަށުގައިވާ ބައެއްރަށްތަށް އުމަވީންގެ ބާރުގެ ދަށަށް ގެންނެވިއެވެ. ގާތްގަޑަކަށް ދިހަ އަހަރުދުވަހު ޚަލީފާކަން
ކުރެއްވި އިރު މުސްލިމުން ފަޚުރުވެރިވާފަދަ ކާމިޔާބީ ތަކެއް ހޯއްދަވައި
ދެއްވިއެވެ. މިޚަލީފާ ޝާމުގެ އަހުލުންނާއި މުޚާޠަބު ކޮށް ވިދާޅުވެފައިވާ
ބަސްކޮޅެއްް މިތާގައި ޒިކުރުކޮށްލާނަމެވެ.
"
قال الوليد:
يا أهل
دمشق إنكم
تفخرون على
الناس بأربع:
بهوائكم ومائكم،
وفاكهتكم، وحماماتكم،
فأحببت أن
أزيدكم خامسة
وهي هذا
الجامع فاحمدوا
الله تعالى"[28]
ތަރުޖަމާ:"
އޭދިމިޝްގުގެ އަހުލުވެރިންނޭވެ! މީސްތަކުންގެ މަށްޗަށް ތިޔަބައިމީހުން 4
ކަމެއްގައި ފަޚުރުވެރިވާނެތެވެ. ތިޔަބައިމީހުންގެ މިސާފުވަޔަށެވެ. އަދި ފެނަށެވެ.
އަދި މޭވާތަކަށެވެ. އަދި ޙައްމާމުތަކަށެވެ. ފަހެ ތިމަންކަލޭގެ ފާނު ތިޔަބައިމީހުން
ފަޚުރުވެރިވާނެ ފަސްވަނަ ކަމެއް ކުރުމަށް ލޯބިކުރެއްވީމުއެވެ. އެއީ މިމިސްކިތެވެ.
ފަހެ ތިޔަބައިމީހުން ﷲ އަށް ޙަމްދުކުރާށެވެ."
މިކަލޭގެ
ފަނު އަވަހާރަވީ ހިޖުރައިން 96 ވަނަ އަހަރު جمادى
الآخرة މަހުގެތެރޭގައެވެ. ވެރިކަމުގެ މުއްދަތަކީ 9 އަހަރާއި 7
މަސްދުވަހެވެ. [29]
7-
ސުލައިމާން ބުނު އަބުދުލް މަލިކް ( 96 =
99 )
މިއީ
ޚަލީފާ އަބުދުލް މަލިކުގެ ދެވަނަ ދަރިކަލުންނެވެ.
3
އަހަރުދުވަސް ވަންދެން ޚަލީފާކަން ކުރެއްވި އިރު ކުރީގެ ޚަލީފާ ފަދައިން ފުތޫޙާތު ގެންންވަން މަސައްްކަތްޕުޅު ކުރެއްވިއެވެ.
މިގޮތުން މިކަލޭގެ ފާނުގެ ޚިލާފަތުގައި جرجان
އަދި طبرستان ޔަޒީދު
ބުނުލްމުހައްލަބުގެ ލީޑަރޝިޕްގެ ދަށުން ފަތަހަކުރެއްވިއެވެ.[30]
ބުނެވޭ ގޮތުގައި މިކަލޭގެ ފާނަކީ އަގުބޮޑު
ހެދުން ތުރުކުރެއްވުމަށާއި މީރުކާއެއްޗެހި ފަރީކުޅުއްވުމަށް ލޯބިކުރެއްވި
ބޭކަލެކެވެ. އަދި މިޚަލީފާގެ ޚިލާފަތުގައި އެންމެ ފާހަގަ ކޮށްލެވޭ
އެއްކަމަކީ އެކަލޭގެ ފާނަށް ފަހު މުސްލިމުންގެ ޚަލީފާއަކީ އުމަރުބިން އަބުދުލް އަޒީޒުކަމުގައި
ހަމަޖެއްސުމެވެ. މިހެންވެ މިޚަލީފާއަށް މިފްތާހުލް ޚައިރު އޭކިޔުނެވެ. މިކަލޭގެ
ފާނު އަވަހާރަވީ ހިޖުރައިން 99 ވަނަ އަހަރުގެ ޞަފަރުމަހުގައެވެ. ޚިލާފަތުގެ
މުއްދަތަކީ 2 އަހަރާއި 7 މާހައި 25 ދުވަހެވެ.[31]
8- ޢުމަރު
ބުނު އަބުދުލް އަޒީޒް (99 = 101 )
ސުލައިމާން ނިޔާވުމާއި ގުޅިގެން ދެވަނަ އުމަރު ޚަލީފާއަކަށް އިސްވެ ވަޑައިގަތެވެ.
ތާރީޚްލިޔުއްވުން
ތެރިން ސިފަކުރަށްވާގޮތުންނަމަ
މީމުސްލިމުންގެ ފަސްވަނަ
ޚަލީފާއެވެ.
އަބޫބަކުރުއްސިއްދީގު
ރަޟިޔަﷲއަންހު ފަދައިން ދެއަހަރާއި ފަސްމަސް ވަންދެން ވެރިކަމުގައި ހުންނެވިއެވެ.
އަނިޔާވެރިކަންނައްތާލައްވައި
، މުސްލިމުންގެ މެދުގައި އަދުލުުވެރިކަން ގާއިމުކޮށްދެއްވިއެވެ. މިގޮތުން
މީސްތަކުންނަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވައި ، މުސްލިމްވާ
އަޖަމީންގެ އަތުން ޖިޒީނެގުން ނިމުމަކަށްގެންނެވިއެވެ.
މިއީ
ޚުލްގު ހެޔޮ ، އަދުލުވެރި ، ޒުހުދު ވެރި ، ދީލަތި ، މާތްއަޚުލާގެއްގެވެރި
ބޭކަލެކެވެ. މިހެންކަމުން އައްބާސީން ސިއްރުގޮތެއްގައި އެމީހުންގެ ޝިއާރު
ފާޅުކޮށްއުޅުނެވެ. އެއީ" މުހައްމަދުންނަބިއްޔު ސައްލަﷲއަލައިހި ވަސައްލަމުގެ
އާލުބައިތުންނަށް ރުހުން ހޯދުން" މިޝިއާރެވެ.
އުމަވީންގެ
ރަންޒަމާން ނިސްބަތް ވަނީ މިޚަލީފާއަށެވެ.
މިއީ
އެބޭކަލެއްގައިގައި މާތް ސިފަތަކެއް ހުރުމުން މުޅިއިސްލާމީ އުންމަތް އެޚަލީފާ
އަކަށްޓަކައި ފަޚުުރުވެރިވާ ބޭކަލެކެވެ.
سفيان
الثوري ވިދާޅުވިއެވެ."
ޚަލީފާއިން ފަހެކެވެ. أبو
بكر އަދި
عمر އަދި عثمان
އަދި علي
އަދި عمر
بن عبد
العزيز"
أخرجه أبو
داود في
سننه.[32]
މިކަލޭގެ ފާނު
އަވަހާރަވީ ހިޖުރައިން 101 ވަނަ އަހަރު
ރަޖަބު މަސް ތެރޭގައިވެ. އެއިރު ޢުމުރު ފުޅަކީ 39 އަހަރެވެ. އަދި 40 އަހަރު
ކަމުގައިވެސް ބުނެވެއެވެ. މިކަލޭގެ ފާނަށް ކުންޔަތަކީ އަބާ ޙަފްސުއެވެ.[33]
9- ޔަޒީދު ބުނު އަބުދުލްމަލިކު (101
= 105 )
މިއީ
އަބުދުލްމަލިކު ބިންމަރުއާންގެ ތިންވަނަ ދަރިފުޅެވެ. މިކލޭގެފާނު ވެރިކަން
ކުރެއްވިއިރު ކުރިން ޚަލީފާކަން ކުރެއްވި ބޭފުޅުން ގެންނެވި އިސްލާހުތައް
ގެނެވިފައެއްނުވެ އެވެ.
އަދި
މިއީ ކުރީގެ ސަލަފުންނާއި ތަފާތު ޚަލީފާއެކެވެ. " ވެރިކަމުގައ ިހުންނެވިއިރު
އެކަލޭގެ ފާނުންގެ ދެޖާރިޔާއެއް ދެކެ ވަރަށް ހިތްޕުޅާވެ އެދެ ޖާރިޔާއިންގެ
ލޯބީގައި އެތައްދުވަހެއްވޭތުވިއެވެ. މިދެ ޖާރިޔާއިންނަކީ سلامة އާއި حبابة އެވެ. އެހެން ކަމުން މިކލޭގެ ފާނުގެ ދުވަސްވަރުގައި
ދައުލަތުގެ ކަންތައްތައް ރަގަޅުވެގެނެއްނުދެއެވެ. އަދި ދައުލަތަށް ކުރި
އެރުމެއްވެސް ނުލިބެއެވެ. މިކަލޭގެ ފާނު ނިމިދިޔައީވެސް ޢިޝްޤާއި ލޯބީގެ
ތެރޭގައެވެ. މިކަލޭގެ ފާނު އަވަހާރަވީ ހިޖުރައިން 105 ވަނަ އަހަރުއެވެ."[34] ވެރިކަމުގެ މުއްދަތަކީ 4 އަހަރާއި އެއްމަހާއި
ދުވަސްކޮޅެކެވެ.[35]
10- ހިޝާމު ބުނު އަބުދުލް މަލިކު (105 = 125 )
މިއީ
އުމަވީ ދައުލަތުގެ ޚަލީފާ، އަބުދުލް މަލިކު ބިން މަރުވާންގެ ހަތަރުވަނަ
ދަރިކަލުންނެވެ.
އުމަވީ
ދައުލަތުގެ ތިންވަނަ އަދި އެންމެ ފަހު މުއައްސިސް އަކީވެސް މިކަލޭގެ ފާނެވެ.
"
ބުނެވޭގޮތުގައި މިކަލޭގެ ފާނަކީ ބަޚީލު ބޭފުޅެވެ. ނަމަވެސް ޙިލްމުވެރި ޢިއްފަތްތެރި
ބޭފުޅެކެވެ. މިަކަލޭގެ ފާނުގެ ދުވަސްވަރު ހިނގި އެެންމެ މަޝްހޫރު ޙާދިޘާއަކީ ޝީޢީންގެ މަޝްހޫރު ފިރުޤަ އެއްކަމަށްވާ
ޒައިދިއްޔާގެ އިމާމު ( ޒައިދު ބިން އަލީ ޒައިނުލްއާބިދީން ބިން ހުސައިން ބިން އަލީ ރަޟިޔަﷲ އަންހު) އާއި
ހަގުރާމަ ކުރައްވާ އެކަލޭގެ ފާނު ގަތުލުކޮށްލެއްވިކޮށްލެއްވުމެވެ.[36]
ގާތްގަޑަކަށް 20 އަހަރު ދުވަސްވަންދެން ވެރިކަން ކުރެއްވި އިރު ޚަވާރިޖުންނާއި ހަގުރާމަ ކުރުމަށް އަހަމިއްޔަތު ކަން ދެންވިއެވެ.
ދައުލަތުގެ ފުތޫޙާތުތައް އިތުރުކުރެއްވިއެވެ.
އަދިވެސް
މިކަލޭގެ ފާނާއި މެދު ބުނެވެއެވެ. " ހުޝާމުގެ ދުވަސްވަރު އުމަވީ ދައުލަތް
އެއީ ގެއެކެވެ. އެދައުލަތުގެ އިރުމަތިން ފެށިގެން ހުޅަނގާ ހަމަޔަށް ހިނގާ
ކަންތައްތަކުގެ ޚަބަރު އެކަލޭގެ ފާނު ދެނެވަޑައިގަންނަވަނަ އެވެ."
މިކަލޭގެ ފާނު އަވަހާރަވީ ހިޖުރައިން 125 ވަނަ އަހަރު ގެ
ރަބީޢުލް އާޚިރު މަހުގައެވެ.[37]
11-
އަލްވަލީދު ބުނު ޔަޒީދު (125 =126 )
ހިޝާމު
އަވަހާރަ ވެ ވަޑައިގަތުމުން ޚަލީފާކަމަށް އިސްވެ ވަޑައިގަތެވެ. ގާތްގަޑަކަށް އެއް
އަހަރުދުވަސް ވަންދެން ވެރިކަން ކުރެއްވި އެވެ. ވެރިކަމުގައި ހުންނެވި އިރު ކުޅިވަރުކުޅުއްވުމާއި
މަޖާކުރެއްވުމަށް އިސްކަންދެއްވިއެވެ. "އަދި މިކަލޭގެ ފާނުގެ ޚަލީފާ ކމުގައި
ﷲ ޙަރާމް ކުރައްވާ ފައިވާ ރާ ޙިއްޕަވާތީ އާއި މިކަލޭގެ ފާނުގެ ފާސިޤު ކަމުގެ
ސަބަބުން މީސްތަކުން މިކަލޭގެ ފާނާއި ދެކޮޅަށް ނުކުމެ މިޚަލީފާ ޙިޞާރުކޮށް
ޤަތުލުކޮށްލިއެވެ. މިކަން ހިނގާ ދިޔައީ ހިޖުރައިން 126 ވަނަ އަހަރު ޖުމާދިލް
އާޚިރާ މަހުގެ ތެރޭގައެވެ. "[38]
12-
ޔަޒީދު ބުނުލް ވަލީީދު ބުނު ޢަބްދުލްމަލިކު (126 = 126
މިޚަލީފާގެ
ލަޤަބަކީ الناقص
އެވެ. މިހެން މިޚަލީފާ އަށް ކިޔުނީ މިކަލޭގެ ފާނު ސިފައިންނަށް ދޭ މުސާރަ
މަދުކަމުންނާއި މިކަލޭގެ ފާނުގެ ބޮޑުބޭބެދެ ދަރިކަލުން ޚަލީފާ އަލްވަލީދު ބުނު
ޔަޒީދު ޤަތުލުކުރުމުގައި ބައިވެރި ވެފައިވާތީއެވެ.[39]
މިޚަލީފާގެ ޚިލާފަތުގައި ޚަވާރިޖުން ނާއި ޝީއީން
އެމީހުންގެ ބާރު ގަދަކުރަމުން އައެވެ. އަދ މިދުވަސްވަރު އައްބާސީންނަށް
ވަރަށްގިނަބަޔަކު ތާއީދު ކޮށް އުމަވީންގެ
ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތްކުރަމުން ދިޔައެވެ.
ޔަޒީދު ބުނު އަލް
ވަލީދު ވެރިކަން ކުރުމުގެ ފޮނިކަމާއި
މީރުކަން އިހުސާސްކުރެވޭގޮތެއް ނުވެއެވެ. ސަބަބަކީ ޚަލީފާ ކަމާއި
ޙަވާލުވެވަޑައިގަތްތާ 6 މަސްދުވަސްތެރޭގައި އަވަހާރވުމުވެ. ބުނެވޭގޮތުގައި
މަިކަލޭގެފާނު އަވަހާރަވީ ޠާއޫން ބަލީގެ ސަބަބުންނެވެ. އަވަހާރަވިއިރު ޢުމުރު
ފުޅަކީ 35 އަހަރެވެ. އަދި 46 އަހަރޭވެސް ބުނެވެއެވެ.[40]
13-
އިބުރާހީމު ބުނު އަލްވަލީދު (126 =127 )
ވެރިކަމުގައި
ހުންނެވި އިރު އުމަވީ ދައުލަތުގެ އެތެޜޭގަޔާއި ބޭރުގައިވެސް ވަނީ ދައުލަތާއި
އިދިކޮޅުއެތަކެއް ފަރާތެއް އުފެދިފައެވެ. އެހެންކަމުން މިޚަލީފާއަށް ވަރަށްގިނަ ފިއްތުން ކުރިމަތިވިއެވެ.
ޚާއްސަކޮށް ވެރިކަމަށް ދަހިވެތިވެފައިތިބި އުމަވީންގެ ފަރާތުންވެސް މެއެވެ.
މިހެންވެ މާގިނަދުވަހެއްވަންދެން ވެރިކަމުގައި ދެމި ހުންނެވޭގޮތެއް ނުވިއެވެ. ގާތްގަޑަކަށް 70
ވަރަކަށް ދުވަސް ވަންދެން ވެރިކަން
ކުރެއްވުމަށް ފަހު ޚަލީފާކުމުން ދުރުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.އަދި مروان
بن محمد ށް މީސްތަކުން ބައިއަތު
ހިފިއެވެ.[41]
14-
މަރުވާން ބިން މުޙައްމަދު (127 = 132 ) - އުމަވީދައުލަތުގެ
14 ވަނަ އަދި އެންމެ ފަހު ޚަލީފާ-
އިބުރާހީމުބިންއަލްވަލީދު
ޚަލީފާކަމުން ވަކިވެ ވަޑައިގަތުމާއި ގުޅިގެން ޚަލީފާކަމަށް އިސްވެ ވަޑައިގަތެވެ.
މިޚަލީފާއަށް
ލަޤަބެއްގެ ގޮތުން މަރުވާނުުލް ޙިމާރު ކިޔެއެވެ. އެއީ އެކަލޭގެ ފާނުގެ ހިއްވަރު
ގަދަކަމާއި ކެތްތެރިކަމަށްޓަކައި ދެވެނު
ލަޤަބެކެވެ.[42]
މިކަލޭގެފާނަށް
ޚަލީފާކަމުގައި ހުންނެވި ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލައްވަން
ޖެހިވަޑައި ގެންނެވިއެވެ. އަދި އައްބާސީން އުމަވީންގެ މައްޗަށް އޮއްސާލި
ރުޅިވެރިކަމާއި ކުރިމަތި ލައްވައި އެތަކެއް ދަތި އުދަނގޫތަކާއި ކުރިމަތި
ލެއްވިއެވެ.
މިގޮތުން
އުމަވީންގެ ގަނޑުވަރުތަކުގައި ނަގައިފައިވާ އުމަވީންގެ ދިދަ ތިރިކޮށް އައްބާސީން އެމީހުންގެ ރަމްޒެއްކަމުގައި
ކަޅުދިދަ ނަގައި އުމަވީދައުލަތް ނިމުމަކަށް ގެނައުމަތް ހިޖުރައިން 129 ވަނަ އަހަރު ނުކުތެވެ.[43]
މިހެންވެ ޚަލީފާ މަރުވާން އޭނަގެ އަމިއްލަ ނަފުސުގެ މައްޗަށް ބިރު ހީވެ އުމަވީންގެ
ވެރިކަން ޝާމުގެ ދިމިޝްގުން ހައްރާން އަށް ބަދަލު ކުރިއެވެ.
ހަމައެވަގުތު އައްބާސީންގެ ވެރިއަކަށް ހުންނެވި އަބުލް އައްބާސް
އައްސައްޙާފު އެކަލޭގެ ފާނުގެ ބޮޑުބޭބެ އަބުދުﷲ ބިން އަލީ(އައްބާސީންގެ ލަޝްކަރުގެ
އިސްވެރިޔާ) މަރުވާން އާއި ކުރިމަތި ލުމަށް ފޮނުވިއެވެ.
އަދި
މިދެލަޝްކަރު ޒާބު ކޯރުު ކައިރިން ބައްދަލުވެ ހަމަލާ ބަދަލުކުރަން ފެށިއެވެ.
މާގިނައިރުތަކެއް ނުވެ މަރުވާންގެ ލަޝްކަރު ބަލިވެ އައްބާސީން ކުރި ހޯދިއެވެ.
އަދި
އައްބާސީންގެ ކިބައިން ސަލާމަތް ވުމައްޓަކައިމަރުވާން ބިން މުހައްމަދު އެކި
ތަންތަނަށް ފިއްލަވާވަޑައިގެންނެވިއެވެ. މިގޮތުން މަރުވާން ގަތުލުވީ މިސްރުގެ
ޞަޢީދު (މިޞްރުގެ އަވަށަކަށް ކިޔާނަމެއް ) ގައި ފިއްލަވާ އުޅުއްވަނިކޮށް ހިޖުރައިން
132 ވަނަ އަހަރު މީލާދީން 750މ ގައެވެ.[44]
މިހާހިސާބުން
އިސްލާމީ ރަސްކަމުގެ ދެވަނަދައުރު ފެށުނީއެވެ. ޢައްބާސީންގެ ވެރިކަމަށް ދުނިޔެ
އަލިކޮށްލީއެވެެ.
ޚަލީފާ
މަރުވާނު ބުނު މުޙައްމަދުގެ ވެރިކަމުގެ މުއްދަތަކީ 5 އަހަރެވެ."[45]
ނިންމުން
الحمد لله والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعهم إلى يوم الدين ، وسلم تسليما كثيرا . وبعد
...........
އެންމެ ފުރަތަމަވެސް މި ބަހުޘް ނިންމުމުގެ
ހެޔޮތައުފީޤް އަޅުގަނޑައް ދެއްވެވީ ތީ މާﷲ
އަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި "އިސްލާމީ ތާރީޚުގެ ތެރެއިން އުމަވީ
ދައުލަތާއި ބެހޭގޮތުން ތިބޭފުޅުންނަށް ފައިދާ ކުރަނަިވި މަޢުލޫމާތު ކޮޅެއް ހިއްސާ ކުރެވުނު ކަމަށް
އުންމީދު ކުރަމެވެ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާﷲ ބަރަކާތްލައްވާށި !
އާމީން!
ربنا عليك توكلنا وإليك أنبنا وإليك المصير ، وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين .
ލިޔުނުތެރިޔާ : މުޙައްމަދު މަންޞޫރު
އާދަމް
މަޞްދަރުތައް
1] الدولة العباسية العصر العباسي الأول – عصر القوة و النفوذ والعمل ، السيد أحمد ابراهيم حمور الأستاذ فى التاريخ والحضارة بجامعة الأزهر، الطبعة الثالثة 1998م . ص /3
[5] - الدولة الأموية والأحداث التي سبقتها ومهدت لها ابتداءا من فتنة عثمان، دكتور يوسف العش ، دار الفكر ، طبعة الثانية 1406 ه. ص 158.
[6] - الدولة الأموية والأحداث التي سبقتها ومهدت لها ابتداءا من فتنة عثمان، دكتور يوسف العش ، دار الفكر ، طبعة الثانية 1406 ه. ص 140.
[7] - تاريخ الأمم والرسل والملوك، محمد بن جرير الطبري أبو جعفر، دار الكتب العلمية – بيروت، الطبعة الأولى ، 1407، ج 3 ، ص247
[8] - المصنف في الأحاديث والآثار، ابن أبي شيبة ، أبو بكر عبد الله بن محمد بن أبي شيبة الكوفي ، مكتبة الرشد - الرياض ، الطبعة الأولى ، 1409، تحقيق : كمال يوسف الحوت ،-ج1 / 441
[10] - تاريخ الأمم والرسل والملوك، محمد بن جرير الطبري أبو جعفر، دار الكتب العلمية – بيروت، الطبعة الأولى ، 1407، ج 3 ، ص261.
[12] - البداية والنهاية، ابن كثير، إسماعيل بن عمر بن كثير القرشي أبو الفداء، مكتبة المعارف – بيروت ، ج 8 ، ص 217-222.
[18] - تاريخ دمشق، ابن عساكر، الطبعة: الاولى 1419 - هـ - 1998 م،دار الفكر - بيروت – لبنان، ملفات وورد من ملتقى أهل الحديث،دار الفكر للطباعة والنشر والتوزيع، ج 59، ص 296.
[20] - الدولة الأموية عوامل الإزدهار وتداعيات الإنهيار، علي محمد محمد الصًّلاَّبيَّ، ج2 ، ص 307-308 .
[23] - تاريخ الخلفاء ، عبد الرحمن بن أبي بكر السيوطي، مطبعة السعادة – مصر، طبعة الأولى ، 1371هـ - 1952م، تحقيق : محمد محي الدين عبد الحميد ، ج1 ، ص 190.
ފިހުރިސްތު
ފެށުން
|
1
|
ބަހުޘް
ލޔުމަށް ރޭވިފައިވާ ގޮތް
|
2
|
އުމަވީ
ދައުލަތުގެ ޚަލީފާކަން ކުރެއްވި ބޭފުޅުންގެ ޖަދުވަލު
|
3
|
ދައުލަތުގެ
ތަޢާރަފް
|
4
|
އުމަވީ ދައުލަތް އުފެދުނު ގޮތް
|
5
|
ފުރަތަމަ
ޚަލީފާ މުޢާވިޔަތު ބުނު އަބީސުފިޔާން ރަޟިޔަﷲ އަންހު
|
5
|
މުޢާވިޔަތު
ރަޟިޔަﷲ ޢަންހު ގެ ފާހަގަ ކޮށްލެވޭ ޚިދުމަތްތައް
|
6
|
ޔަޒީދު
ބުުނު މުއާވިޔާ (60 = 64 ހ)
|
7
|
މުއާވިޔަތު
ބުނު ޔަޒީދު ބުނު މުއާވިޔާ ( 64 = 64)
|
9
|
މަރުވާނު ބުނުލްޙަކަމް
( 64 = 65)
|
10
|
އަބުދުލް މަލިކު ބުނު މަރުވާން (65 = 86 ހ)
|
11
|
ޢަބުދުލް
މަލިކު ބުނު މަރުވާނުގެ ޚިލާފަތުގައި ޖެއްސެވި ދީނާރުގެތަޞްވީރު
|
12
|
އަލްވަލީދު
ބުނު އަބްދުލް މަލިކް (86 = 96 )
|
12
|
ސުލައިމާން ބުނު އަބުދުލް މަލިކް (
96 = 99 )
|
14
|
ޢުމަރު
ބުނު އަބުދުލް އަޒީޒް (99 = 101 )
|
14
|
ޔަޒީދު
ބުނު އަބުދުލްމަލިކު (101 = 105 )
|
15
|
ހިޝާމު
ބުނު އަބުދުލް މަލިކު (105 = 125 )
|
16
|
-
އަލްވަލީދު ބުނު ޔަޒީދު (125 =126 )
|
16
|
-
ޔަޒީދު ބުނުލް ވަލީީދު ބުނު ޢަބްދުލްމަލިކު (126 = 126
|
17
|
އިބުރާހީމު
ބުނު އަލްވަލީދު (126 =127 )
|
17
|
މަރުވާން
ބިން މުޙައްމަދު (127 = 132 ) - އުމަވީދައުލަތުގެ
14 ވަނަ އަދި އެންމެ ފަހު ޚަލީފާ-
|
18
|
ނިންމުން
|
19
|
މަޞްދަރުތައް
|
20
|
ފިހުރިސްތު
|
21-22
|