ތާރީޚީ
ނަޛަރަކުން މިޔަންމާ ( އަރާކާން) ގެ މުސްލިމުން
އަރާކާން (ބަރުމާގެ
ހުޅަނގު ދެކުނު އައްސޭރި ފަށުގައިވާ ސަރަހައްދައް ކިޔާނަމެއް ) މިއީ ޢަރަބި
ވިޔާފާރި ވެރިންގެ ފަރާތުން އިސްލާމް ދީނުގެނޫރު ފާޅުވި ހިސާބެކެވެ. މިތަނުގައި
އިސްލާމް ދީން ފެތުރުނީ ޢައްބާސީ ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރުގައެވެ. އެއީ
މީލާދީން 788 ގައެވެ. މީލާދީން 13 ވަނަ ގަރުނާއި ހަމަޔަށް އައިރު މިއީ ދުރަށްފެންނަ ގޮތައް މިސްކިތްތަކުން
ޒީނަތްތެރިވެފައިވާ މުސްލިމުވަންތަކަން ދައްކުވައިދޭ އަންހެނުން ހިޖާބު
އަޅައިފައިވާ މުސްލިމުންގެ ސަރައްހައްދެއް ކަމުގައި ވިއެވެ. މިލާދީން 1430 ގައި
އަރާކާން އަކީ ފުރިހަމަ އިސްލާމީ ދައުލަތެއް ކަމުގައި ވެގެން ދިޔެއެވެ. އަދި
ދައުލަތުގެ ރަސްމީ ބަހަކީ ފާރިސީބަސް ކަމުގައި ކަނޑައެޅުނުވެ. މިކަން މިގޮތުގައި
އިނގެރޭސީންގެ އިސްތިޢުމާރާ ޖެހެންދެންވެސް ދެމިއޮތުވެ. މިދައުލަތުގެ
ރަސްރަސްކަލުން އެމީހުންގެ އަމިއްލަ ލަގަބެއްގެ ގޮތުގައި ނަމުގެ ފަހަތައް "ޝާޙު"
ކިޔެއެވެ. މިގޮތުން މީލާދީން 1784 ޖެހެން ދެން މުސްލިމު ވެރިންގެ 48 ރަސްކަލުން އަރާކާންގައި ވެރިކަން
ކުރެއްވިއެވެ. މިތާނގެ މުސްލިމުންގެ ރަން
ތާރީޚުން ފެންނަ ގޮތުގައި އަރާކާންގެ ރަސްކަލަކަށް ތަޚުތުގައި އިނުމުގެ ކުރިން
ޝަރުޢީ އިސްލާމީ ރޮގުން ސަނަދެއް އޮންނަމީހަކަށް ވުން އެއީ އެތާނުގެ ރަސްކަލެއްކަމުގައިވުމުގައި
ޝަރުޠެކެވެ. އަދި އެތަނުގެ ފައިސާ ފޮތުގަތަކުގައި "لا إله إلا الله محمد رسول الله"
(وأن أقيموا الدين) މި އިބާރާތްތައް
ލިޔެވފައިވެއެވެ.
މިލާދީން 1784 ބަރުމާގެ ބުޑިސްޓް އަނިޔާވެރި ހައްދުފަހަނައަޅައިފައިވާ ރަސްކަލެއްކަމުގައވާ
"بودوبيه" އަރާކާން އަށް ހަމަލާދީ އަރާކާން އަޅުވެތިކޮށް އަރާކާން އަކީ
ބަރުމާގެ ބައެއްކަމުގައި ކަނޑައަޅައި އެސަރަހަށްދައް "މިޔަންމާ" މިނަން
ކިޔެވެ. އެއަށް ފަހު މުސްލިމުން މިސްކިއްތަކާއި ލައިބުރަރީ ތަކާއި މަދަރުސާތައް
ތަޅާ ސުންނާފަތިކޮށް އިސްލާމް ދީނުގެ ވަސް ފޮހެލަން މަސައްކަތްފެށިއެވެ. މިގޮތުން
ބުދުފަށްޅިތައް އެތަނުގައި އަޅައި އިސްލާމީ އަސަރު އެސަރަހަށްދުން ފޮހެލަން
މަސައްކަތް ކުރިއެވެ. މިގޮތުގައި ކަން ހިނގަމުން ދަނިކޮށް އިނގިރޭސީންގެ އިސްތިޢުމާރު
ބަރުމާއަށް އައުމުން އަނެއްކާވެސް މިތާނގައި މުސްލިމުންގެ އަދަދު އިތުރުވާން ފެށިއެވެ. ސަބަބަކީ
އިންޑިޔާގެ މުސްލިމުން އިނގިރޭސީންގެ ބައެއް މަސައްކަތްތަކާއި ވިޔާފާރީގެ
ކަންކަމުގައި އެހީތެރިވުމަށް ބަރުމާގައި މަސައްކަތްކުރުމުވެ. މިއީ އިނގރޭސީންވެސް
ބިރުގަތް ކަމަކަށް ވެގެން ދިޔައެވެ. ދެން
އަނެއްކާވެސް އިނގިރޭސީން އަތުން ބަރުމާ (މިޔަންމާ) 1948 ގައި މިނިވަންވި ހިސާބުން
އަނެއްކާވެސް މުސްލިމުންގެ އަދަދު ވަރަށްބޮޑަށް ދަށަށްގޮސް މިޔަންމާ އިން
މުސްލިމްގެ ވަސް ފިލުވާލަން ކުރާމަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދެއެވެ. އދި
މިހާރުވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެމަންޒަރެވެ.
އަރާކާންގައި ވެރިކަން ކުރެއްވި ބައެއް
ރަސްރަސްކަލުން :
من 1430م إلى 1437م
|
سليمان شاه
|
1
|
من 1437م إلى 1459م
|
علي خان
|
2
|
من 1459م إلى 1482م
|
كلمة شاه
|
3
|
من 1482م إلى 1491م
|
منكو شاه
|
4
|
من 1491م إلى 1493م
|
محمد شاه
|
5
|
من 1493م إلى 1494م
|
نوري شاه
|
6
|
من 1494م إلى 1500م
|
شوق مقدول
|
7
|
من 1509م إلى 1513م
|
عالي شاه
|
8
|
من 1513م إلى 1515م
|
جلال شاه
|
9
|
من 1515م إلى 1521م
|
إل شاه آزاد
|
10
|
މިއަދު މިޔަންމާގެ ޙާލަތު
އިޤްތިޞާދީ ގޮތުން
އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް:
1- މިޔަންމާގެ ވެރިން މުސްލިމުންގެ
ބިންތަޢް އަތުލައިގަނެ އަދި މަސްވެރިކަން ކުރަމުން ދިޔަ ބޯޓު ފަހަރުވެސް އެއްވެސް ސަބަބަކާ ނުލައި ނެގުން.
2- ކޮންމެ އެއްޗަކުން ބޮޑުކޮށް ޓެކްސް
ނަގައި ފައިސާއިން ޖޫރިމަނާކޮށް އަދި ދަޑުވެރިކަމުން ލިބޭ އެއްޗެއް އަސްކަރިއްޔާ އަށް ފިޔަވާ އެހެންމީހުންނަށް ވިއްކުން މަނާކުރުން. މިހެން ހެދުމުގެ މައިގަނޑު
ބޭނުމަކީ މުސްލިމުން ފަޤީރުކަންމަތީ
ބޭތިއްބުމާއި އަދި އެމީހިންނަށް ރަށުން
ނިކުމެގެންދިއުމަށް މަޖުބޫރު ކުރުވުމެވެ.
3- ދަނޑުވެރިކަމުގެ ފަހުގެ
އާލާތްތައްވިއްކުމާއި ދަނޑު ވެރިކަމުގެ މަޝްޜޫއުތައް ފުޅާ ކުރުން މުސްލިމުންނަށްވަނީ
މަނާކުރުން.
4- އެއްވެސް ކަހަލަ ބަދަލެއް އަދި އިންޒާރާކާއި ނުލައި
ބޭނުން ކުރާ ފައިސާތައް ކެންސަލް ކޮށްލުން.
5- މުސްލިމުންގެ ދަނޑުތައް އަންދާލައި
ދަނޑުވެރިކަމުގައި ބޭނުންކުރަމުން ދާ ޖަނަވާރުތަށް މަރާލުން
6- އަރާކާންގެ ޞިނާއީ އެއްވެސް މަސައްކަތެއް
ކުރުން މުސްލިމުންނަށް ހުއްދަ ނުދިނުން
ދީނީ ގޮތުން އަޅައިފައިވާ
ދަތިކުރުމުގެ ފިޔަވަޅުތައް :
1- ފޮތްތައް ޗާޕުކޮށް ޕުރިންޓު ކޮށް
ޝާއިއު ކުރުމަކީ ސަރުކާރުގެ ވަކިމިންގަޑެއްގެ ދަށުން ކުރަން ހުއްދަ އޮތް ކަމަށް
ވިޔަސް އެކަން ކުރުމަށް ދަތިކޮށްފައިވުން.
2- މަސައްކަތުގައި އުޅޭއިރު ތުބުޅި
ދިގުކުރުން އަދި އިސްލާމީ ހެދުން ލުން މަނާވުން.
3- މުސްލިމުންގެ މިލްކިއްޔާތގައި
ވާތަންތަނާއި ވަޤުފުތަކާއި މުސްލިމުން ވަޅުމަށް ޚާއްސަ ކޮށްފައިވާ ޤަބުރުސްތާން
ސަރުކާރަށް ނަގައި ޣައިރު މުސްލިމުންނަށް އެތަންތަން ދިނުން ނުވަތަ ޢާއްމު
ފާޚާނާތައް ފަދަ ތަންތަން އެތަންތާގައި ހެދުން.
4- ބަންގި ގޮވުމަށްޓަކައިތާޅަ ފިލި
ބޭނުންކުރުން މަނާކުރުން އަދި 1983މ ވަނަ
އަހަރުގެ ރަމަޟާން މަހައްފަހު ބަންގި ގޮވުންވެސް މަނާކުރުން.
5- ޢާންމު ގޮތެއްގައި މުސްލިމުންނަށް
ފަރުޟު ޙައްޖުވުން މަނާކުރުން ނަމަވެސް ސަރުކާރު ރުހޭ މަދު ބަޔަކު މިކަމުން
އިސްތިޘްނާވެއެވެ.
6- އުޟުހިޔާ ކަތިލުން މަނާކުރުން
7- މުސްލިމުންނަށް ހައްޖުގެ ފަރުޟު އަދާ
ކުރުމަށްމަނާކުރިއެވެ. އެ އިސްތިޘްނާ މަދުބަޔަކީ ހުކޫމާގެ މީހުންނަށް އެނގޭ އެމީހުންނާއި ، އެމީހުންގެ
ސުލޫކައް ރުހޭމީހުން އެކަންޏެވެ.
8- މިސްކިތައް ތަޅާލުމަށްފަހު އެތަންތާނގައި ނާސިގެތަކާއި
ރާބޯ ތަންތަނާއި އަދި މިނޫނަސް ބަގީޗާތައް ފަދަ ތަންތަން ހެދުން .
9- އިސްލާމީ އާޘާރީ ތަންތަނާއި
އިސްލާމީ ޝިޢާރު ފާޅުފަދަ އެއްވެސް ތަނެއް ނުވަތަ އެއްވެއް ވިޔަސް ހަލާކޮށް ކޮށް
ނެތި ކޮށްލުން.
ދުޢާ އަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މިޔަންމާގެ ނިކަމެތި
އަހުލުން މިނުބައިމީހުންގެ ކިބައި ސަލާމަތް ކުރައްވާ އެތަނަކީ ﷲ ގެ ކަލިމަފުޅު މަތިވަރި
ކުރެވޭ ތަނެއް ކަމުގައި ލެއްވުމެވެ. އާމީން.
މަޢުލޫމާތުން މުއްސަނދިވެފައިވާ ލިޔުމެއް
ReplyDelete