Friday, May 22, 2026

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް

 

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲގެ ހަޟްރަތުގައި އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. މި ދުވަސްތަކަކީ އެކަލާނގެ އަޅުތަކުންނަށް ގިނަގުނަ ސަވާބާއި ދަރުމަ ހޯދުމަށް ދެއްވާފައިވާ ރަނުގެ ފުރުޞަތެކެވެ. އިސްލާމީ ތާރީޚާއި، ޝަރުޢީ ނައްޞުތަކަށް ބަލާއިރު މި ދުވަސްތަކަށް ދެވިފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ.

ކީރިތި ޤުރްއާނުގެ އަލީގައި މި ދުވަސްތަކުގެ މާތްކަން

މާތްﷲ ކީރިތި ޤުރްއާނުގައި މި ދުވަސްތަކުގެ މަތިވެރިކަން ބަޔާންކުރައްވައި ހުވާ ކުރައްވާފައިވެއެވެ. ސޫރަތުލް ފަޖްރުގެ 1 ވަނަ އާޔަތާއި 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. "وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾"
މާނައީ: "ފަތިސްވަގުތު ގަންދެއްވައި ހުވާކުރައްވަމެވެ. އަދި (ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ރޭ ގަންދެއްވައި ހުވާކުރައްވަމެވެ." މުފައްސިރުން ބަޔާންކުރައްވާ ގޮތުގައި މި އާޔަތުގައިވާ ދިހަ ރެއަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މާތްﷲ އެއްޗެއް ގަންދެއްވައި ހުވާކުރައްވައިފިނަމަ، އެ އެއްޗެއްގެ މަތިވެރިކަން ވަރަށް ބޮޑެވެ. އަދި ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ.
މާނައީ: "...އަދި އެނގިގެންވާ ދުވަސްތަކެއްގައި އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށެވެ..."

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވާ ގޮތުގައި މި އާޔަތުގައިވާ "އެނގިގެންވާ ދުވަސްތަކަކީ" ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

ކީރިތި ރަސޫލާ ގެ ސުންނަތުން

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން ބަޔާންކުރައްވައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ.
"
مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ"
މާނައީ: "މި ދިހަ ދުވަހަށްވުރެ (ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) މާތްﷲގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ ޢަމަލުތަކެއް ކުރެވޭ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ."

މި ދުވަސްތަކުގައި ކުރަންވީ އަޅުކަންތައް

މި މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އަންނަނިވި އަޅުކަންތައް ކުރުމަށް ޢިލްމުވެރިން އިރުޝާދު ދެއްވައެވެ.

1.    ޒިކުރުކުރުން: ތަހްލީލު (ލާއިލާހަ އިލްލަﷲ)، ތަކްބީރު (ﷲ އަކްބަރު) އަދި ތަޙްމީދު (އަލްޙަމްދުލިﷲ) ގިނަކުރުމެވެ. މުސްނަދު އަޙްމަދުގައިވާ ޙަދީޘެއްގައި މި ދުވަސްތަކުގައި މި ޒިކުރުތައް ގިނަކުރުމަށް އަމުރުކުރައްވާފައިވެއެވެ.

2.    ރޯދަހިފުން: ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަހިފުމަކީ މަތިވެރި ސަވާބު ލިބޭ ކަމެކެވެ.

3.    ހައްޖާއި ޢުމްރާ: ކުޅަދާނަވެގެންވާ މީހާ ހައްޖުގެ އަޅުކަން އަދާކުރުމެވެ.

4.    ނަމާދާއި ޞަދަޤާތް: ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ، ސުންނަތް ނަމާދުތަކާއި ޞަދަޤާތް ދިނުން ގިނަކުރުމެވެ.

5.    ޒިކުރުކުރުން: ކީރިތި ޤުރްއާން ކިޔެވުމާއި ﷲ އަށް  تهليل ، تكبير، تحميد ކިޔުން.

ޢަރަފާތް ދުވަހުގެ ޚާއްޞިއްޔަތު

ހައްޖު މަހުގެ 9 ވަނަ ދުވަހަކީ ޢަރަފާތް ދުވަހެވެ. މިއީ މުޅި އަހަރުގެވެސް އެންމެ މާތް ދުވަހެވެ. ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ. "الْحَجُّ عَرَفَةُ" (ހައްޖަކީ ޢަރަފާތެވެ.) މާނައީ ހައްޖުގެ އެންމެ މުހިންމު ރުކުނަކީ ޢަރަފާތުގައި މަޑުކުރުމެވެ.
ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވޭނެ ކަމެއް ކަމުގައެވެ. އަދި މިއީ ނަރަކައިން އެންމެ ގިނަ އަޅުން މުޢުތިޤު ކުރައްވާ ދުވަސްވެސް މެއެވެ.

ޢީދު ދުވަހުގެ މާތްކަން (ޔައުމުއް ނަޙްރު)

ހައްޖު މަހުގެ 10 ވަނަ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. މިއީ "ޔައުމުއް ނަޙްރު" ނުވަތަ ކަތިލުމުގެ ދުވަހެވެ. ސުނަން އަބީ ދާއޫދުގައިވާ ޙަދީޘެއްގައިވެއެވެ. "إِنَّ أَعْظَمَ الأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ" މާނައީ: "މާތްﷲގެ ހަޟްރަތުގައި އެންމެ މަތިވެރި ދުވަހަކީ ކަތިލުމުގެ ދުވަހެވެ (ޢީދު ދުވަހެވެ)."

ކީރިތި ރަސޫލާ ގެ ހަޔާތްޕުޅުން ފެންނަން އޮތީ މި ދުވަހު އުޟްޙިޔާ ކަތިލުމާއި، ޢީދު ނަމާދު ކުރުމާއި، އުފާފާޅުކުރުމެވެ. އިބްރާހީމްގެފާނުގެ މަތިވެރި ޤުރުބާނީ ހަނދުމަކޮށް، މާތްﷲއަށް ކިޔަމަންތެރިވުމުގެ ރޫޙު އާލާކުރުމެވެ. މިއީ ހަމައެކަނި ކައިބޮއެ އުޅޭ ދުވަހެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ﷲގެ ޝިޢާރުތައް މަތިވެރިކޮށް، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް، ފަޤީރުންނަށް އެހީތެރިވާ ދުވަހެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަޅުކަމާއި، ޒިކުރާއި، ފާފަ ފުއްސެވުމުގެ ދުވަސްތަކެކެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ކޮންމެ މުސްލިމަކަށްމެ ލިބޭނެ އެންމެ ބޮޑު ނަސީބެވެ.

 

Sunday, August 24, 2025

އިސްލާމީ ޝަރީޢަތުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރުން

 

ދަރިން ތަރުބިއްޔަތު ކުރުމުގެ އަހަމިއްޔަތު

 މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. " الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا"[1] މާނައީ : މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ "[2] މާނައީ : އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمرކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.

ޒައިދު ބުނު އަސްލަމް ވިދާޅުވިއެވެ. ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް  މަތީގައިވާ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެހިނދު އަޞްޙާބު ބޭކަލުން ދެންނެވިއެވެ." އޭ ﷲ ގެ ރަސޫލާއެވެ. އަހަރެމެންގެ އަހުލުން ނަރަކައިން މިންޖު ކުރާނީ ކިހިނެއްތޯއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ." تأمرونهم بما يحبه الله وتنهونهم عما يكره الله"[3]

 މާނައީ : ތިޔަބައިމީހުން އެމީހުނަށް ﷲ ތަޢާލާ ލޮބުވެތިވެ ވޮޑިގެންވާ ކަންތައްތަކަށް އަމުރު ކުރާށެވެ. އަދި އެކަލާނގެ ނުރުހުންތެރިވެ ވޮޑިގެންނަވާ ކަންތައްތައް ނަހީކުރާށެވެ.

 ދަރިން ތަރުބިއްޔަތު ކުރުމަކީ މައިބަފައިންގެ މަސްއޫލިއްޔަތެއް :

ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން މާތް ނަބިއްޔާ މުޙައްމަދު -صلى الله عليه وسلم- ޙަދީޘް ކުރައްވާފައި ވެއެވެ. " كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ."[4]

މާނައީ : ކޮންމެ ކުއްޖަކުވެސް އުފަންވަނީ  ފިޠުރަތުގެ ސާފު ގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.

 ތަރުބަވީ މައިދާނުގައި ފިރިހެނުންނަށް ވުރެ އަންހެނުންވަނީ އިސްކުރައްވާފައެވެ. މިކަން އަޅުގަނޑުމެންނަށް އެގިގެންދަނީ މާތް ރަސޫލާ -صلى الله عليه وسلم- މި ހަދީޘްފުޅުންނެވެ. "وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِيَ مَسْئُولَةٌ عَنْهُمْ"[5]  މާނައީ : އަދި އަންހެނާއީ އޭނާގެ ފިމީހާގެ ގެއާއި އޭނަގެ ދަރީންގެ ބެލެހެއްޓުން ތެރިއެކެވެ. އަދި އެކަނބުލޭގެ އެމީހުނާއި މެދު މަސްއޫލުވާންޖެހޭނެއެވެ.( ޒިންމާ ވާންޖެހޭނެއެވެ.)

ދެމަފިރިން ވަކިވެފައިވާ ޙާލަތުގައިވެސް ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ޝަރީޢަތުން މަތިކޮށްފައިވަނީ އަންހެނާއަށެވެ. މިކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ މާތް ނިބިއްޔާ -صلى الله عليه وسلم- ދުވަސްވަރުގައި އަކަލޭގެ ފާނު ކަނޑައެޅުއްވި ނިޔާއިންނެވެ.

މާތްނަބިއްޔާ   -صلى الله عليه وسلم- ނިޔާ ކަނޑަ އެޅުއްވިއެވެ. " أَنَّ الْمَرْأَةَ أَحَقُّ بِوَلَدِهَا مَا لَمْ تَزَوَّجْ"[6]   މާނައީ : ހަމަޔަގީނުންވެސް އަންހެނާ މީހާއި ނިއިންނަހާ ހިނދަކު އެކުއްޖާ ބެލުމުގެ އެންމެ ޙައްޤުވެރި ފަރާތަކީ އެކުއްޖާގެ މަންމައެވެ.

 ދަރީން ތަރުބިއްޔަތު ކުރުމުގައި އަންހެނުންގެ ދައުރު ފިރިހެނުންނަށް ވުރެ ބޮޑުކަން މަތީގައި ބަޔާންވެދިޔަ ހަދީޘްތަކުން އަޅުގަނޑުމެންނަށް އެގިގެން ހިގައްޖެއެވެ.

ދަރީންނަށް މަންމަގެ ފަރާތުން ކުރާ ބައެއް ފައިދާ :

- ގާތުން ކިރު ދިނުމުން ކުއްޖާއަށް ކާނާ ލިއްބައިދިނުން

- އޯގާތެރިކަމާއި، ލޯތްބާއި އަޅާލުން ލިބުން

- މަންމަ ކުޑަދަރިފުޅާއި ގާތްވި ވަރަކަށް ކުއްޖާގެ ހަށިގަނޑު ބޮޑުވުމަށާއި ވިސްނުން ތަރައްޤީވުން

 މައިންބަފައިން ދަރީން ތަރުބިއްޔަތު ކުރަންވީ ގޮތް 

1- އެންމެ ތުއްތު ދުވަސްވަރު ދަރީންގެ ހިތްތަކުގައި ދީނީ ރޫޙު އުފެއްދުން : 

އެއްމެހާ އިންސާނުން އުފެއްދެވީ ވަކި ފަރާތެއްކަން ބުނެދިނުމާއި އެކު  ކީރީތި ޤުރުއާނަށް ކުއްޖާގެ ލޯބި ޖައްސައި ޤުރްއާން އުގަންނައިދިނުން.

މާތް ނަބިއްޔާ -صلى الله عليه وسلم- ހަދީޘްކުރެއްވިއެވެ.

- "مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الْأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ التَّمْرَةِ لَا رِيحَ لَهَا وَطَعْمُهَا حُلْوٌ وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ وَمَثَلُ الْمُنَافِقِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ"[7]

މާނައީ "ޤުރުއާން ކިޔަވާ މުއުމިނާގެ މިސާލީ ދޮންނާރިނގަ ( އޮރެންޖު) އެއްގެ މިސާލެވެ. އޭގައިން މީރުވަސް ދުވާނެއެވެ. އަދި އޭގެ ރަހަވެސް މީރުވާނެއެވެ. އަދި ޤުރުއާން ނުކިޔަވާ މުއުމިނާގެ މިސާލީ ކަދުރު އޮށެއްގެ މިސާލެވެ. އޭގައި ވަހެއް ނުހުންނާނެވެ. ނަމަވެސް އޭގެ ރަހަ މީރުވާނެއެވެ. އަދި ޤުރުއާން ނުކިޔަވާ މުނާފިޤާގެ މިސާލީ ގަނދަކޯޅީގެ މިސާލެވެ. އޭގައި މީރުވަސް ހުންނާނެވެ. ނަމަވެސް އޭގައި ދޭނީ ހިތި ރަހައެވެ. އަދި ޤުރުއާން ނުކިޔަވާ މުނާފިޤާގެ މިސާލީ ހަންޘަލާ ( ހިތި ކެކުރި) އެއްގެ މިސާލެވެ. އޭގައި މީރުވަހެއް ނުހުންނާނެއެވެ. އަދި އޭގައި ދޭނީ ހިތި ރަހައެވެ.

 - " اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ "[8]

މާނައީ : " ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ހަމަ ޔަޤީނުންވެސް އެޤުރުއާން ޤިޔާމަތް ދުވަހު އައިސް އޭގެ ޢަޞްޙާބުންނަށް ޝަފާޢަތްތެރިވާނެއެވެ.

2- ދަރީންނާއި މުއާމަލާތް ކުރުމުގައި މަންމައާއި ބައްޕަ ވަކިކަންތައްތަކަކަށް އެއްބަސްވެވިފައިވުން :

މިސާލަކަށް ވަކިކަމެއް ކުރުން އެއީ ގޯސްކަމެކޭ މަންމަ ބުނާއިރު ހަމަ އެކަން ކުރުން އެއީ  ރަގަޅުކަމެއްކަމަށް ބައްޕަ ބުނާނަމަ ދަރީންނަށް އަސްލު ރަގަޅުގޮތް އޮޅެން މެދުވެރިވާނެއެވެ. އެހެން ކަމުން ދެމީހުން އިއްތިފާޤުވާ ވަކިކަންތައްތަކެއް ހުންނަންވާނެއެވެ.

 3- މައިންބަފައިން ދޭ އިރުޝާދާއި ނަޞޭޙަތާއި ޚިލާފަށް މައިންބަފައިން ޢަމަލު ނުކުރުން.

 عَنْ عَبْدِ اللَّهِ بْنِ عَامِرٍ ގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ގޭގައި ރަސޫލު -صلى الله عليه وسلم- އިންނަވަނިކޮށް  ތިމަންނައަށް މަންމަ  ގޮވާލިއެވެ.  އަދި ވިދާޅުވިއެވެ. " އަންނާށެވެ. ތިބާއަށް އެއްޗެއް ދޭނަމެވެ."  އެހިނދު ރަސޫލު -صلى الله عليه وسلم- ހަދީޘްކުރެއްވިއެވެ." ކަނބުލޭގެ އޭނަޔަށް ތި ގޮވީ އެއްޗެއް ދޭކަށް ނޫނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭނަޔަށް ކަދުރުކޮޅެއް ދޭނީއެވެ. ދެން رَسُولُ اللَّهِ -صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ".[9]

( ކަނބުލޭގެ  އޭނަޔަށް އެއްޗެއް ނުދީފިނަ ހަމަޔަގީނުންވެސް ކަނބުލޭގެ ދޮގެއް ހެދި ކަމަށް ލިޔެވިގެންދާނެއެވެ.)

 4- ދީނީ އަދި ދުނިޔަވީގޮތުން ކުއްޖާގެ ވިސްނުން ތަރައްޤީކުރުމަށް ކުރު ވާހަކަތަކެއް ކުއްޖާއަށް ކިޔައިދިނުން . މިސާލު :- ނަބީބޭކަލުންގެ ވާހަކަތަކާއި، އިބްރަތްތެރި ކުރުވާހަކަތައް

5-  ބައްޕަދަރީންނާއި އެކު ބައެއްވަގުތުތައް ހޭދަކޮށް އިރުޝާދު ދިނުން.

أَنَّ أَبَا هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَبَّلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْحَسَنَ بْنَ عَلِيٍّ وَعِنْدَهُ الْأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا فَقَالَ الْأَقْرَعُ إِنَّ لِي عَشَرَةً مِنْ الْوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا فَنَظَرَ إِلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَالَ مَنْ لَا يَرْحَمُ لَا يُرْحَمُ "[10]

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ."   ﷲ ގެރަސޫލާ - صلى الله عليه وسلم- ޢަލީ ގެ ފާނުގެ ދަރިކަލުން ޙަސަނުގެ ފާނަށް ބޮސްދެއްވިއެވެ. އެއިރު އެތާގައި الْأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ އިށީނދެވަޑައިގެން އިންނެވިއެވެ. އަދި ވިދާޅުވިއެވެ. " ހަމަޔަޤީނުންވެސް ތިމަންނައަށްވެސް 10 ދަރިން ލިބިފައިވެއެވެ. އެއިން އެކަކަށްވެސް ތިމަންނަ ބޮސްނުދެއްވަމަވެ. އެހިނދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ." ހަމަކަށަވަރުން މީހުންނަށް އޯގާތެރި ނުވާމީހަކަށް އޯގާތެރިވުމެއް ނުވެއެވެ."

6- މައިންބަފައިންނަށް ކިޔަންވުމުގެ މުހިއްމުކަމާއި ދަރީންނަށްޓަކައި އަބަދުވެސް ތިބި ބަޔަކީ މައިންބަފައިންކަން ބުނެދިނުން.

-  މާތް ﷲ ވަޙީކުރެއްވިއެވެ. "وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (24) "[11]

މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُفވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް  رحمةލައްވައިފާނދޭވެ!

 - މާތް ނަބިއްޔާ -صلى الله عليه وسلم- ހަދީޘް ކުރެއްވިއެވެ. " الجنة تحت أقدام الأمهات"[12]

މާނައީ "ސުވަރުގެ ވަނީ މަންމަގެ ފައިތިލައިގެ ދަށުގައެވެ."

7- ރަގަޅު އެކުވެރިން ހޯދައިދިނުން.

"عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْمَرْءُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ"[13]

އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. "މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީން މަތީގައެވެ. ފަހެ ތިޔަބައި މީހުންގެ ތެރެއިން މީހަކު އޭނަ އެކުގައި އުޅޭމީހުންނަކީ ކޮންބައެއްކަން ބަލާށެވެ."

 8- ދަރީންގެ މެދުގައި ހަމަ ހަމަ ކުރުން.

-عَنْ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا قَالَ سَأَلَتْ أُمِّي أَبِي بَعْضَ الْمَوْهِبَةِ لِي مِنْ مَالِهِ ثُمَّ بَدَا لَهُ فَوَهَبَهَا لِي فَقَالَتْ لَا أَرْضَى حَتَّى تُشْهِدَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخَذَ بِيَدِي وَأَنَا غُلَامٌ فَأَتَى بِيَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنَّ أُمَّهُ بِنْتَ رَوَاحَةَ سَأَلَتْنِي بَعْضَ الْمَوْهِبَةِ لِهَذَا قَالَ أَلَكَ وَلَدٌ سِوَاهُ قَالَ نَعَمْ قَالَ فَأُرَاهُ قَالَ لَا تُشْهِدْنِي عَلَى جَوْرٍ وَقَالَ أَبُو حَرِيزٍ عَنْ الشَّعْبِيِّ لَا أَشْهَدُ عَلَى جَوْرٍ"[14]   

މާނައީ نعمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا  ވިދާޅުވިއެވެ." އަހަރެންގެ މަންމަ އަހަރެންގެ ބައްޕަގެ އަރިހުން  އަހަންނަށް ބައްޕަގެ މުދަލުން ބައެއް ހިބަކޮށްދިނުމަށް އެދުނެވެ. އަދި އަހަރެންގެ ބައްޕަ އަހަންނަށް ހިބަކޮށްދިނެވެ. ފަހެ އަހަރެންގެ މަންމަ ބުންޏެވެ.

" ބައްޕަ އަހަންނަށް ކޮށްދިން ހިބައަށް ރަސޫލު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހެކިވެއްޖެއުމަށް ދަންދެން މެނުވީ ތިކޮށްދިން ހިބައަކަށް ތިމަންނަ ނުރުހޭނަމެވެ." އެހިނދު ތިމަންގެ ބައްޕަ ތިމަން އަތުގައި ހިފައިގެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހަށް ދިޔައެވެ. އެއިރު އަހަންނަކީ ކުޑަކުއްޖަކީމެވެ. އަދި ވިދާޅުވިއެވެ." މިކުއްޖާގެ މަންމަ رَوَاحَةَ ގެ އަންހެންދަރި މީނައަށް ބައެއް ހިބަކޮށްދިނުމަށް އެދިއްޖެއެވެ. އެހިނދު މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. " ތިބާއަށް މިނޫން ދަރިޔަކު ވޭހެއްޔެވެ. ބައްޕަ ދެންނެވިއެވެ. އާދޭހެވެ. ދެން ހަދީޘްކުރެއްވިއެވެ." ތިމަށް ކަލޭގެ ފާނު އަނިޔާވެރިވުމަށް ހެކިވެ ވަޑައެއްނުގަންނަވާނަމެވެ. "

- ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. "اعْدِلُوا بَيْنَ أَوْلَادِكُمْ فِي الْعَطِيَّةِ"[15]

ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރީންގެ މެދުގައި ހަދިޔާ ދިނުމުގައި ޢަދުލުވެރިވާށެވެ.

 9-  ދަރީންނަށް އަބަދުވެސް ފާރަވެރިވުން. (ދީނުގެ އިރުޝާދުތަކުގައި ހިފާތޯ ބަލާ ޗެކްކުރުން)

10-  މައިންބަފައިން ދަރީންނަށްޓަކައި އަބަދުވެސް ދުޢާކުރުން.

- ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ.  قَالَ « ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْوَالِدِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْمَظْلُومِ ».[16]

މާނައީ " ޝައްކެއްނެތް ގޮތެއްގައި ތިންފަރާތެއް ކުރާ ދުޢާ އިޖާބަވެގެންވެއެވެ. ބައްޕަ އޭނަގެ ދަރިފުޅުގެ މަށްޗަށް ކުރާ ދުޢާ އާއި، ދަތުރުވެރިޔާގެ ދުޢާ އާއި، އަނިޔާލިބިފައިވާ ފަރާތުގެ ދުޢާއެވެ."

 - މާތް ﷲ ވަޙީކުރެއްވިއެވެ. " رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ" [17]

މާނައީ : އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائمކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبولކުރައްވާނދޭވެ!

 -  އަދިވެސް  އެކަލާނގެ ވަޙީކުރެއްވައިފައިވެއެވެ. " هُنَالِكَ دَعَا زَكَرِيَّا رَبَّهُ قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ (38)"[18]

މާނައީ : އެތާނގައި، زكريّاގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް
دعاءކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرةން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

  ދަރީން ހާނުވާންވީ ކަންކަން ( އަށަގަންނުވަންޖެހޭ މުހިއްމު ޞިފަތައް)

1- ނަމާދު ކުރުން

-  މާތް ﷲ ވަޙީކުރެއްވިއެވެ. " حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ "[19]

މާނައީ : ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائمވެ ތިބޭށެވެ!

 - މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. " عَلِّمُوا الصَّبِيَّ الصَّلاةَ ابْنَ سَبْعِ سِنِينَ وَاضْرِبُوهُ عَلَيْهَا ابْنَ عَشْرٍ"[20] 

މާނައީ ކުޑަކުއްޖާއަށް  ހަތް އަހަރުވުމުން ނަމާދު އުގަންނައިދޭށެވެ. އަދި ދިހަ އަހަރުވުމުން އޭނަގައިގައި ޖަހައިގެން އަދަބުދީގެން ވެސް ނަމާދު ކުރުވާށެވެ.

-  އެހެން ރިވާޔަތެއް އިތުރަށް އައިސްފައިވެއެވެ. " و فرقوا بينهم في المضاجع"[21]

މާނައީ އަދި ދަރީންގެ އެދު ތަންމަތި ވަކިކުރާށެވެ.

2- ކީރިތި ޤުރުއާން ކިޔެވުން.

- މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. " زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ"[22]

މާނައީ ތިޔަބައިމީހުންގެ އަޑުތަށް ޤުރުއާން ކިޔެވުމުން ޒީނަތްތެރި ކުރާށެވެ.

-  އަދިވެސް ހަދީޘް ކުރައްވާފައި ވެއެވެ. " لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ"[23]

މާނައީ ޤުރުއާން އަޑުހަރުކޮށް ރާގުގައި ނުކިޔަވާ މީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.

 * ކޮންމެހެން ދަސްކޮށްދޭން ޖެހޭ ބައެއް އާދަތައް :

1- ކެއުންބުއިން ފެށުމުގެކުރިން ބިސްމި ކިޔުން :

- عُمَرَ بْنِ أَبِى سَلَمَةَ قَالَ كُنْتُ فِى حَجْرِ رَسُولِ اللَّهِ -صلى الله عليه وسلم- وَكَانَتْ يَدِى تَطِيشُ فِى الصَّحْفَةِ فَقَالَ لِى « يَا غُلاَمُ سَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ».[24]

މާނައީ ޢުމަރު ބުނު އަބޫސަލަމާ ވިދާޅުވިއެވެ." ތިމަން ރަސޫލުﷲ صلى الله عليه وسلم ގެ ކޮޓަރިކޮޅުގައި ވީމުއެވެ. އަދި ކާ ދޮލަނގުގެ އެކިއެކި ތަންތަނުން ތިމަން ކެއީމެވެ. އެހިނދު ރަސޫލު صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ." އޭ ކުޑަ ކުއްޖާއެވެ! ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ތިބާގެ ކަނައަތުން ކާށެވެ. އަދި ތިބާގެ ގާތުން ކާށެވެ."

 2- ބޮޑެ މީހުނަށް އިޙުތިރާމުކުރުމާއި ޚާއްސަކޮށް އުގަންނައިދޭ ފަރާތްތަކަށް އިޙްތިރާމް ކުރުން

- ރަސޫލު صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ." لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ حَقَّ كَبِيرِنَا"[25]

މާނައީ ބޮޑެމީހުންގެ ޙައްޤުތައް ނުދަންނަ އަދި ކުޑަކުދިންނަށް އޯގާތެރިނުވާމީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއްނޫނެވެ.

3- ލަދުވެތިވާންވީ ކަންތައްތަކުގައި ލަދުވެތިވުން.

- ރަސޫލު صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ."  "إِنَّ لِكُلِّ دِينٍ خُلُقًا وَإِنَّ خُلُقَ الْإِسْلَامِ الْحَيَاءُ"[26]

މާނައީ ކޮންމެ ދީނަކަށްވެސް އަޚުލާގެއްވެއެވެ. އަދި އިސްލާމުދީނުގެ އަޚުލާގަކީ ލަދުވެތިކަމެވެ.

މިސާލު :  ޢަބުދުﷲ ބުނު ޢުމަރުގެ ހާދިޘާ.

ޢުމަރު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. " مَن قلَ حَيَاءُه قلَ ورَعُه ومن قلَ رعُه ماتَ قلبُه "

މާނައީ ލަދުވެތިކަން ކުޑަވެއްޖެނަމަ އޭނަގެ ވަރަޢަ ވެރިކަން ކުޑަވެގެން ދެއެވެ. އަދި އޭނަގެ ވަރަޢަ ވެރިކަން ކުޑަވެއްޖެނަމަ އެމީހަކީ އެމީހެއްގެ ހިތް މަރުވެފައިވާ މީހެކެވެ.

4- ތެދުބުނުމުގައި ދެމިހުރުން :

މާތް ﷲ ވަޙީކުރެއްވިއެވެ." يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (70) يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا (71)"[27]

މާނައީ : އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!

(އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عملތައް އެކަލާނގެ إصلاحކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަަތައް ފުއްސަވައިދެއްވާނެތެވެ. اللَّهއަށާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.

 

- ރަސޫލު صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ."  "آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ"[28]

މާނައީ މުނާފިޤުންގެ އަލާމާތްތައް ތިނެކެވެ. ވާހަކަ ދައްކައިފިނަމަ ދޮގުހަދާނެވެ. އަދި ވަޢުދެއް ވެއްޖެ ނަމަ ޚިލާފުވާނެއެވެ. އަދި އަމާނާތައް ޚިޔާނާތްތެރިވާނެއެވެ.

5- އިރުއޮއްސޭ ވަގުތުން ފެށިގެން ރަތްވިލާ އޮއްސިއްޖެއުމާއި ދެމެދު ދަރީން ބޭރަށް ނުނެރުން.

- މާތް ނަބިއްޔާ -صلى الله عليه وسلم- ހަދީޘްކުރެއްވިއެވެ.

« إِذَا كَانَ جُنْحُ اللَّيْلِ - أَوْ أَمْسَيْتُمْ - فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا"[29]

މާނައީ ރޭގަނޑު ފެށޭވަގުތު – ހަވީވެ އިރުއޮއްސޭވަގުތު- ން ފެށިގެން ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހައްޓާށެވެ. ( ބޭރަށް ނުނެރޭށެވެ.) ހަމަކަށަވަރުން ޝައިޠާނުން ފެތުރިގަންނަނީ އެވަގުތުގައެވެ. ފަހެ ރޭގަޑުން ގަޑި އިރެއް ހޭދަވުމަށްފަހު ( ޢިޝާ ވަގުތަށްފަހު ) އެކުދިން ދޫކޮށްލާށެވެ.  އަދި ގޭގެ ދޮރުތައް ލައްޕާ ﷲ އިސްމުފުޅު ކިޔާށެވެ. ހަމަ ޔަގީނުންވެސް ބަންދުކުރެވިފައިވާ ދޮރެއް ޝައިޠާނާއެއް ނުހުޅުވާނެއެވެ.

6- ދުޢާތަކާއި ޒކުރުތައް ކިޔަން ދަރީންނަށް ބާރު އެޅުން.

-  ފާޚާނާއަށް ވަންނައިރާއި ނުކުންނަ އިރު ކިޔާ ދުޢާތައް ކިޔުއްވުން: قضى حاجة މީހާ އެކަހެރި ވެ ފާޚާނައަށް ވަންނައިރު " اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ"[30] މިދުޢާ ކިޔުމަށް މާތް ނަބިއްޔާ -صلى الله عليه وسلم- އިރުޝާދު ދެއްވިއެވެ.   އަދި ފާޚާނާއިން ނުކުމެވަޑައިގަންވަމުން "غفرانك"[31] މިހެން ވިދާޅުވެއެވެ.                        

 ނިދާއިރު ކިޔާދުއާ އާއި ހޭލާއިރު ކިޔާ ދުޢާ ކިޔުއްވުން:

މާތްނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނިދިކުރެއްވުމަށް ޤަޞްދުކޮށްފިނަމަ "بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا" މިހެން ހަދީޘް ކުރެއްވިއެވެ. އަދި ހޭފުޅުލެވުމުން " الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ" މިހެން ހަދީޘް ކުރެއްވިއެވެ.[32]

-        سُهَيْلُ بْنُ أَبِى صَالِحٍ عَنْ أَبِيهِ قَالَ سَمِعْتُ رَجُلاً مِنْ أَسْلَمَ قَالَ كُنْتُ جَالِسًا عِنْدَ رَسُولِ اللَّهِ -صلى الله عليه وسلم- فَجَاءَ رَجُلٌ مِنْ أَصْحَابِهِ فَقَالَ يَا رَسُولَ اللَّهِ لُدِغْتُ اللَّيْلَةَ فَلَمْ أَنَمْ حَتَّى أَصْبَحْتُ. قَالَ « مَاذَا ». قَالَ عَقْرَبٌ. قَالَ « أَمَا إِنَّكَ لَوْ قُلْتَ حِينَ أَمْسَيْتَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ تَضُرَّكَ إِنْ شَاءَ اللَّهُ ".[33]

މާނައީ: سُهَيْلُ بْنُ أَبِى صَالِحٍ އެކަލޭގެފާނުގެ ބައްޕަގެ ފަރާތުން ރިވާކުރައްވައެވެ. ވިދާޅުވިއެވެ." އަސްލަމް ވަންހައިގެ މީހެއްގެ ފަރާތުން ތިމަން އަޑު އެހީމެވެ.  ވިދާޅުވިއެވެ."ތިމަންކަލޭގެފާނުގެ رَسُولِ اللَّهِ -صلى الله عليه وسلم- އަރިހުގައި އިންނަވަނިކޮށް  އެކަލޭގެ ފާނުގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަޞްހާބު ބޭކަލެއް އައިސް ވިދާޅުވިއެވެ." އޭ ﷲ ގެ ރަސޫލާއެވެ. ރޭގެ އަހަރެން ގަޔަށް ކަށިޖަހައިފިއެވެ. އެހެންކަމުން ހެދުނުވަންދެން ތިމަންކަލޭގެ ފާނަށް ނުނިދުނެވެ. އެހިނދު ނަބިއްޔާ (ސ) ހަދީޘްކުރެއްވިއެވެ.ކޯއްޗެއްތޯއެވެ. "ވިދާޅުވިއެވެ." ނަގުލަންދާއްޓެކެވެ. ހަދިޘް ކުރެއްވިއެވެ. " ހަވީރުވުމުން ތިބާ (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ) މިހެން ވިދާޅުވިނަމަ ﷲ އިރާދަކުރެއްވިއްޔާ ތިބާއަށް އެއްވެސް އެއްޗެއްގެ ފަރާތުން ގެއްލުމެއް ނުވާހުއްޓެވެ.

 -        عَنْ خَوْلَةَ بِنْتِ حَكِيمٍ السُّلَمِيَّةِ أَنَّهَا سَمِعَتْ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « إِذَا نَزَلَ أَحَدُكُمْ مَنْزِلاً فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ. فَإِنَّهُ لاَ يَضُرُّهُ شَىْءٌ حَتَّى يَرْتَحِلَ مِنْهُ."[34]

މާނައީ : خَوْلَةَ بِنْتِ حَكِيمٍ السُّلَمِيَّةِ ގެ ފަރާތްޕުޅުން ރިވާވެގެން ވެއެވެ. " رَسُولَ اللَّهِ -صلى الله عليه وسلم-  ހަދީޘް ކުރައްވަނިކޮށް ތިމަން ކަމަނާ އަޑުއެއްސެވީމެވެ." މީހަކު މަންޒިލަކަށް ފައިބާ ކަމުގައި ވާނަމަ އެމީހަކު މިހެން ކިޔާށެވެ. " ( أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ) ހަމަ ޔަގީނުންވެސް އެމީހަކު އެހުރި ތަނަކުން އެމީހަކު ފުރައިފުމަށް ދާންދެން އެމީހަކަށް އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ.

7- އަވައްޓެރިންނަށް ކަމޭހިތުން.

މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ."مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ"[35]

މާނައީ  އަދި އަދަށް ދާނދެން ޖިބުރީލުގެ ފާނު އަވައްޓެރިޔާއަށްޓަކައި ވަޞިއްޔަތް އެބަކުރައްވައެވެ. އެހެންވެ އަވައްޓެރިޔާއަށް ވާރުތަމުދަލުން ލިބޭނެ ކަމަށް ތިމަން ކަލޭގެފާނަށް ހީފުޅުކުރެއްވުނެވެ.

އަދިވެސް ޙަދީޘް ކުރެއްވިއެވެ." مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ"[36]

މާނައީ ﷲ އަށް އީމާންވެ އާޚިރަތް ދުވަހަށް އީމާންވާނަމަ އެމީހަކު އޭނަގެ އަވަށްޓެރިޔާއަށް ކަމޭހިތާށެވެ.

  

 ޚާއްސަ ކޮށް ސަމާލުވާން ވީ ކޮންކަމަކަށް!

1- ޓީވީ ޗެނަލްތައް : ބައެއް ޓީވީތަކާއި ޗެނަލްތަކުން ދައްކުވައިދޭ މަންޒަރާއި އަޑުތަކަކީ އިސްލާމީ މިންގަޑަށް ނުފެތޭ ތަކެތިކަމުން އެކަމަށް ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ސަބަބަކީ ކުއްޖަކަށް ފެންނަ އެންމެ މަންޒަރެއް / އަޑެއް ވަގުތުން އެކުދިން ނަކަލުކުރާތީއެވެ.

2- ގޭމްތައް : މިއަދުގެ ދުނިޔޭގައި ކުދިން ކުޅެއުޅޭ ބައެއް ގޭމް ތަކަކަކީ ދުނިޔަވީ އަދި ދީނީ ގޮތުން އެއްވެސް މަންފާއެއް ނުކުރާ ގޭމްތަކެކެވެ.  އެހެންކަމުން އެފަދަ ތަކެއްޗާއި ކުދިން ދުރުކުރުވަން ޖެހެއެވެ. ނަމަވެސް ކުޑަކުދިންގެ ސިކްޑި ތަރއްޤީ ކޮށް ކުރިއަރުވައިދޭ ޤޭމްތައް މިތަނުގައި އިސްތިޘްނާ ކުރަމެވެ.

)ވީޑިއޯ ގޭމް ކުޅުމަކީ ނުކުޅެދުންތެރިކަމެއްmauloomaathu (

https://vaguthu.mv/evaguthu/56686

3- އިންޓަރނެޓް: އިންޓަނެޓް ގެއަށް ލުމަށްފަހު ދަރިންނަށް އިންޓަރނެޓްގެ ފުލްކޮންޓްރޯލް ދޫކޮށްނުލާށެވެ. އަދި އިންޓަނެޓްގައި ދަރިން ކުރަންޖެހޭ މުއާމަލާތްތައް ރަގަޅަށް ދަރިންނަށް އޮޅުންފިލުވައި ދޭށެވެ. ވަންނަން ޖެހޭ ސައިޓްތަކާއި މަޢުލޫމާތު ހޯދާނެ ގޮތް ދަރިންނަށް އުގަންނައިދޭން ވާނެއެވެ.

4- އެކުވެރިން: އެކުވެރިންނަކީ ވަރަށް އަވަސް އަވަހަށް ކުދިންގެ ތެރޭގައި ބަދަލުވެ އާވަމުންދާ ބައެކެވެ. ވީމާ އަބަދުވެސް ތިމާގެ އެކުވެރިން ގުޅިގެން އުޅެނީ ކާކާތޯ ބަލާށެވެ.

  ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ ލިބޭނެ މޭވާ!

- މަރުވުމަށްފަހުވެސް އެދަރީންގެ ފަރާތުން ދަރުމައާއި ޘަވާބު އިތުރުވަމުން ދިޔުން

-- މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ.   إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ».[37]

މާނައީ އިންސާނާ މަރުވުމަށްފަހު އޭނަގެ ޢަމަލުތައް ތިންކަމަކުން މެނުވީ ކެނޑިގެން ދެއެވެ. އެތިން ކަމަކީ: ދެމިގެންވާ ޞަދަޤާތެކެވެ. ނުވަތަ މަންފާކުރަނިވި ޢިލްމެކެވެ. ނުވަތަ  އޭނަޔަށް ދުޢާކުރާނެ ޞާލިޙު ދަރިޔެކެވެ.

- އަދިވެސް ހަދީޘް ކުރެއްވިއެވެ. « مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ». وَضَمَّ أَصَابِعَهُ."[38]

މާނައީ އަންހެން ދެކުދިން ބާލިޣުވަންދެން ބަލާބޮޑުކޮށްފިނަ  ގިޔާމަތްދުވަސް އަންނައިރު ތިމަން ކަލޭގެ ފާނާއި އެމީހަކާއި އެވެ. މިހެން ހަދީޘް ކުރެއްވުމަށް ފަހު އެކަލޭގެ ފާޏުގެ އިނގިލިފުޅުތައް ގާތްކޮށްލެއްވިއެވެ.

                                           ޝުކުރިއްޔާ ! 

   މުޙައްމަދު މަންޞޫރު އާދަމް 

 



[1] - سورة الكهف آية 46.

[2] - التحريم  آية 06.

[3] -  الدر المنثور ،عبد الرحمن بن الكمال جلال الدين السيوطي، دار الفكر - بيروت ، 1993 ، ج8 ، ص 255، آية 6.

[4] -  صحيح البخاري، الجامع الصحيح المختصر، محمد بن إسماعيل أبو عبدالله البخاري الجعفيالناشر : دار ابن كثير ، اليمامة - بيروت،  الطبعة الثالثة ، 1407 – 1987، تحقيق : د. مصطفى ديب البغا أستاذ الحديث وعلومه في كلية الشريعة - جامعة دمشق ، رقم : 1385  ج 3 ص 379.

[5] -  صحيح البخاري ، رقم : 2554 ، ج 6 ، ص 414.

[6] - مسند الإمام أحمد بن حنبل ، المحقق : شعيب الأرنؤوط ،الطبعة : الثانية 1420هـ ، 1999م ، رقم : 6893 ، ج 11 ، ص 496.

[7] -  صحيح البخاري، برقم : 5427 ، ج 13 ص 508

[8] -   مسلم ، صحيح مسلم ، أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري،  الجامع الصحيح المسمى صحيح مسلم، برقم  : 1910،  ج2 ، ص 197.

[9] - سنن أبي داود، أبو داود سليمان بن الأشعث السجستاني ، دار الكتاب العربي ـ بيروت، برقم :4993 ، جص 455، قال الألباني: حسن.

[10] -  صحيح البخاري ، برقم :5997، ح 15، ص 171.

[11] -  سورة الإسراء آية ، 23 ، 24

[12] -  مسند الشهاب ، محمد بن سلامة بن جعفر أبو عبدالله  القضاعي ، الناشر : مؤسسة الرسالة ، بيروت ، الطبعة الثانية ، 1407، 1986م، ج 1 ،ص 102.

[13] -   مسند الإمام أحمد بن حنبل برقم :8417،  ج 14، ص 142.

[14] - صحيح البخاري ، برقم 2650، ج 6 ، ص 599.

[15] -  صحيح البخاري، برقم 2447 ، جص913. قال الألباني : حسن .

[16] -  سنن أبي داود، برقم 1538، جص563 ،

[17] - سورة إبراهيم ، آية 40

[18] -  سورة آل عمران، آية 38

[19] -  سورة البقرة ، آية 238.

[20] - السنن الصغرى ، أحمد بن الحسين بن علي بن موسى أبوبكر البيهقي ، برقم 558 ، ج 1 ، ص 191.

[21] - المستدرك على الصحيحين ، محمد بن عبدالله أبو عبدالله الحاكم النيسابوري ، محمد بن عبدالله أبو عبدالله الحاكم النيسابوري،  برقم : 708 ، الطبعة الأولى ، 1411 – 1990 ، تحقيق : مصطفى عبد القادر عطا ، جص 311.

[22] -  سنن أبي داود، أبوداود سليمان بن الأشعث السجستاني ، برقم:  1470 ، جص 548.

[23] -  السنن الصغرى ، أحمد بن الحسين بن علي بن موسى أبو بكر البيهقي ، برقم : 999، ج1 ، ص 318

[24] - صحيح مسلم ، برقم 5388، 6 ، ص 109.

[25] -  مسند أحمد ، برقم : 6733، ج 11، ص345 .

[26] -  سنن ابن ماجة، محمد بن يزيد أبوعبد الله القزويني، برقم :4181،  الناشر ، دار الفكر ، بيروت ، ج2 ، ص1399. قال الشيخ الألباني : حسن

[27] -  سورة الأحزاب ، آية ،70، 71.

[28] -  صحيح البخاري ، برقم :33 ، جص 37.

[29] -  صحيح البخاري ، برقم 3304، جص 357.

[30] - صحيح البخاري، برقم 6322،ج16 ، ص 68.

[31] - الأدب المفرد، محمد بن اسماعيل أبوعبدالله البخاري الجفعي، برقم : ، الناشر، دار البشائر الإسلامية- بيروت ، الطبعة الثالثة1409- 1989م، تحقيق محمد فؤاد الباقي، جص240. قال الشيخ الألباني : صحيح

[32] -  صحيح البخاري ، برقم :6324، ج 16، ص 71.

[33] - سنن أبي داود، برقم ،3900،ج4 ، ص 19. قال الألباني : صحيح.

[34] -  صحيح مسلم، برقم : 7054، جص 76.

[35] - صحيح البخاري ، برقم 6015، ج 15، ص 199.

[36] - المرجع السابق ، برقم  :6019، ج15، ص 206.

[37] -  صحيح مسلم ، برقم 4310 ، جص73.

[38] - صحيح مسلم ، برقم 6864، ج 8 ، 38