އަވަސްކަޅިޔަކުން
މުސްލިމުން ތަރައްޤީކުރި ބައެއް ޢިލްމުތައް
ޖޯގުރަފީ
ޢިލްމު:
1- އިބުނު
ޙަވްޤަލް: ( 943 މ – 977މ )
މުޙައްމަދު އަބޫ ޤާސިމް ބުނި ހައުޤަލްއަކީ 10ވަނަ
ޤަރުނުގައި އުޅުއްވި ބޭކަލެކެވެ. އުފަންފެ ވަޑައިގަތީ މީލާދީން 943
ވަނައަހަރުއެވެ. ދުނިޔެ ދޫކުރެއްވީ ޢުމުރުފުޅުން 34 އަހަރު ފުޅުގައި މީލަދީން
977ވަނަ އަހަރުއެވެ. އެކަލޭގެފާނު ވަނީ ވަރަށް ގިނަ ޤައުމުތަކައް ޒިޔާރަތް
ކުރައްވާފައެވެ. މިގޮތުން އޭޝިޔާގެ ޤައުމު
ތަކަށާއި އެފުރިކާގެ ޤައުމުތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެއަށްފަހު "ޞޫރަތުލް އަރުޟް" ކިޔާ ފޮތެއް އެކުލަވާލެއްވިއެވެ. އެ ފޮތުގައި ދުނިޔޭގެ
އެކިއެކި ތަންތަނުގެ ޗާޓުތަކާއި މަޢުލޫމާތު ހިމެނުއްވިއެވެ. އެކަލޭގެފާނުގެ މަޝްހޫރު
ފޮތްތަކުގެތެރޭގައި"ވަޞަފިއްޔާލިއިސްބާނިޔާވަޢީޠާލިޔާ"ހިމެނެއެވެ.
އިބުނު ޙަވްޤަލު ކުރައްސަވާފައިވާ ދުނިޔޭގެ ޗާޓްގެ
ނަމޫނާ އެއް |
2- الإدْرِيْسِيْ :އަލްއިދުރީސީ: (1099މ – 1180މ )
ފުރިހަމަ ނަންފުޅަކީ އަބޫ ޢަބުދު ﷲ މުޙައްމަދު ބުނު މުޙައްމަދު ބުނު އަބްދުﷲ ބުނު އިދުރީސީ އަލްހާޝިމީ އެވެ. އެކަލޭގެފާނުވަނީ ޖޯގުރަފީ ޢިލްމުން ވަރަށްގިނަ ކަމިޔާބީތަކެއް ޙާޞިލު ކުރައްވާފައެވެ. މިގޮތުން ޖޯގުރަފީ ޢިލްމުގެ މުއައްސިސް ގެ ލަގަބު މިކަލޭގެ ފާނަށް ލިބިފައިވެއެވެ. އަލްއިދުރީސީ ދުނިޔޭގެ ޗާޓު ކުރެއްސެވިއެވެ. އަދި ފަޒާގެ ތެރޭގައި ދުނިޔެ އޮންނަނީ ކިހނަކުންކަމާއި، ދުނިޔެ ވަނީ ކޮންތާކުކަން ބަޔާންކޮއްދެއްވިއެވެ. އަދި އެންމެ ފުރަތަމަ ރިހިން ދުނިޔެ އޮންނަ ގޮތުގެ ވަށް ޗާޓެއް ކުރައްސަވައި އެޗާޓުގައި އެކަލޭގެ ފާނު ޒިޔާރަތް ކުރެއްވި ގައުމުތައް ފާހަގަ ކުރެއްވިއެވެ. އެކަލޭގެފާނު އެންމެ މަޝްހޫރު ފޮތަކީ " نُزهَةُ المُشْتَاقُ فِي اِخْتراقُ الآفَاق)"އެވެ. މިއީ ސިސިލީގެ ރަސްގެފާނު ރޯޖަރު 2 ވަނަގެ އެދިވަޑައިގަތުމަށް އެކުލަވާލެއްވި ފޮތެކެވެ. މިފޮތުގައި ވަރަށްގިނަ އަދަދެއްގެ ޗާޓްތަކާއި ކުރެހުންތައް ހިމެނެއެވެ. މިކަލޭގެ ފާނަކީ ފަތްޕިލާވެލީގެ ޢިލްމާއި ފަލަކީ އަދި ޑްކޮޓަރީ ޢިލްމަށްވެސް މޮޅުބޭކަލެކެވެ.
މިއީ އަލްއިދުރީސީ ސިސިލީގެ ރަސްގެފާނު ރޯޖަރު 2 ވަނަ
އަށް ކުރަހާލަދެއްވާފައިޗާޓެކެވެ. އަދި ދުނިޔޭގެ އެންމެ ޤަދީމީ ޗާޓްތަކުގައި
ހިމެނޭ އެއްޗާޓެވެ. |
3- اِبنُ خَرْدَازِبَه : (820 މ – 912މ )
ފުރިހަމަ ނަންފުޅަކީ
އަބޫ އަލްޤާސިމް ޢުބައިދުﷲ ބުނު ޢަބުދުﷲ ބުނު ޚަރުދާޒިބާއެވެ. އެކަލޭގެފާނަކީ
ޖޯގުރަފީ އަދި ތާރީޚްގެ ޢިލްމުވެރިއެކެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން
ދެކެވަޑައިގަތީ މީލާދީން 820 ގައެވެ.
ދުނިޔެ ދޫކުރެއްވީ މީލާދީން 912 ގައެވެ. އެކަލޭގެފާނުގެ އެންމެ މުހިންމު
ފޮތްތަކުގެ ތެރޭގައި ހިމެނެނީ ދެޤައުމު ދޭތެރޭގައި ހުންނަ ދުރުމިން
ބަޔާންކޮށްދެއްވާ ލިޔުއްވެވި " އަލްމަސާލިކު ވަލްމަމާލިކު"ފޮތެވެ.
ދުނިޔެ އޮންނަނީ ވައްކޮށްކަން އެންމެ ފުތަރަމަ ޘާބިތުކޮއްދެއްވީވެސް އިބުނު ޚަރުދާޒިބާކަމަށް މުއައްރިޚުން ވިދާޅުވެއެވެ.
އަދި މިކަލޭގެފާނުވަނީ ވިޔަފާރީގެ މައިމަރުކަޒަތަކަށް ދަތުރުކުރާނެ މަގުޗާޓްތައް
އެކުލަވާލަދެއްވާފައެވެ.
4- اِبْنُ جُبَيْرُ :އިބުނު ޖުބައިރު: ( 1145 މ – 1217މ )
ތާރީޚު ޢިލްމު :
1- يَاقُوتُ
الحَمَوِيْ ( 1179 މ – 1229މ )
އެކަލޭގެފާނުގެ ނަންފުޅަކީ ޝިހާބުއްދީން އަބޫ ޢަބުދުﷲ
ޔާޤޫތު ބުނު ޢަބުދުﷲ الحمَوِيْ އެވެ.
އެކަލޭގެފާނު ދިރިއުޅުއްވީ މީލާދީން 1175
- 1225ކަށެވެ. އެކަލޭގެފާނަކީ އަދަބާއި ޖޯގްރަފީ އާއި ތާރީޚު އިލްމާއި ބަހުގެ
އަކުރު އެޅުމަށް މޮޅު ފަންނުވެރި ބޭފުޅެކެވެ. އެކަލޭގެފާނުވަނީ ޤައުމުތަކާއި
ފަރުބަދަތަކާއި ވާދީތަކާއި ކޯރުތަކާއި ތަކާއި ޤަޢުމުތަކުގެ ޚާއްސަ ސިފަތަކާއި
ޅެންވެރިކަމާއި ގުޅޭ ފޮތްތައް ލިޔުއްވައިފައެވެ. މިގޮތުން މިކަލޭގެ ފާނުގެ އެންމެ
މަޝްޙުރު ފޮތަކީ '' مُعْجَم البُلْدان و مُعجَمُ الأَدْبَاء "އެވެ. މިފޮތުގައި ދުނިޔޭގެ ގިނަ އަދަދެއްގެ ޤައުމުތަކުގެ ވާހަކަހިމެނެއެވެ.
އެފޮތް ނިންމެވުމަށް 5 އަހަރު ހޭދަކުރެއްވެވިއެވެ. މިފޮތަކީ ވަރަށްގިނައިން
ޗާޕްކުރެވުނު މަޝްހޫރުކަން ލިބިފައިވާ ފޮތެކެވެ.
مُعْجَم البُلدان
مُعْجَم الأدباء
المشترك وضعاً والمختلف
صقعاً
المقتضب في النسب
مُعْجَم الشُّعراء
المبدأ والمآل
كتاب الدول
مجموع كلام أبي علي
الفارسي
أخبار المتنبي
كتاب في الديارات
2- اِبْنُ بَطُوطة : އިބުނު ބަޠޫޠާ: ( 1304 މ – 1377މ )
ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުނު ޢަބުދު ﷲ ބުނު
މުޙައްމަދު އައްލަވާޠީ އައްޠަންޖީ އެވެ. އުފަންވެވަޑައިގަތީ މީލާދީން 1304 ގައެވެ.
ދުނިޔެދޫކުރެއްވީ މީލާދީން 1377 ގައެވެ.
އެކަލޭގެފާނަށް މުސްލިމުންގެ ދެވަނަ ދަތުރުވެރިޔާގެ ލަޤަބު ވަނީ ލިބިފައެވެ.
ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަށް މިކަލޭގެފާނުވަނީ ޒިޔާރަތްކުރައްވާފައެވެ.
މިގޮތުން މިޞްރާއި،ސޫދާނާއި، ޝާމާއި، ޢިރާޤާއި،ފާރިސްކަރައިގެ ރަށްތަކަށާއި،
ތުހާމާއި، ތުރިކިސްތާނާއި،ޔަމަނާއި، ބަހުރައިނާއި ޞީނާއި ހިންދާއި އެފްރިކާގެ
ބައެއްގައުމުތަކާއި ދިވެހި
ރާއްޖެއަށްވެސްހިމެނެއެވެ. ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ
މަޝްހޫރު ފޮތަކީ " ތުޙުފަތުލް އަންޟާރު ފީ ޣަރާއިބުލް އަމްޞާރު ވަޢަޖާއިބުލް
އަސްފާރު" އެވެ. ބުނެވޭގޮތުގައި މިކަލޭގެ ފާނަށް އިބުނު ބަޠޫޠާގެ ލަގަބު ދިނީ
ފަރަންސޭސިންނެވެ. މިކަލޭގެ ފާނުގެ ދަތުރުތަކުގެ ތާޜީޚު ވެގެން ދިޔައީ
ޤައުމުތަކުގެ ތާރީޚު ދެނެގަތުމަށް މުހިއްމު މަސްދަރަކަށެވެ.
އިބުނު ބަޠޫޠާ ދަތުރުކުރެއްވި ގޮތް ދައްކައިދޭ ޗާޓޭއް |
ބޭސްވެރިކަމުގެ
ޢިލްމު :
1- أَبُوبَكُرُ الرَّازِي: (865މ – 923 މ):
އަބޫބަކުރު އައްރާޒީ މުޙައްމަދު ބުނު ޒަކަރިއްޔާ އަކީ
މުސްލިމުންގެ ޢިލްމުވެރިންގެ ތެރެއިން ފަލްސްފާގެ ޢިލްމަށްވެސް ވަރަށް މަޝްހޫރު
ބޭފުޅެކެވެ. އެކަލޭގެފާނު ވަނީ މުހިންމު ކުރިއެރުންތަކެއް ޢިލްމީގޮތުން
ހޯއްދަވައިދެއްވާފައެވެ. ޚާއްސަކޮށް ޑޮކްޓަރީގޮތުންނެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅުން ހަތަރު އަހަރުފުޅުގައި
ޑޮކްޓަރީ ތަޢުލީމުވަނީ ފައްޓަވާފައެވެ. ކުރީގެ ބޭސްވެރިކަމާއި ބޭހޭ ފޮތްތައް
އެކަލޭގެފާނު ދިރާސާކުރައްވާ އޭގައިވާ ކަންކަން ދެނެގަތުމަށް
އިސްކަންދެއްވެވިއެވެ. ނަމަވެސް އެއަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަފުޅައް
ޑޮކްޓަރީ މައްސަލަތަކާއި ކުރިމަތިލެއްވިއެވެ. އެކަލޭގެފާނުގެ ދިރާސާތަކުގައި
ކުރީގެ ބޭފުޅުން ދެކެލައްވާގޮތްވެސް ހިމަނުއްވައިގެން، މީހުންކުރާ
ސުވާލުތަކަށް އެކަލޭގެފާނުގެ
ދެކެލައްވާގޮތް ބުނެދެއްވަވައެވެ. އެންމެ ފުރަތަމަ އަލްޖިބުރާގެ ކޮންސެޕްޓް
އުފެއްދެވީ މިކަލޭގެފާނެވެ. އަދި ފުރަތަމަ ދެވޭ އެހީ first aid ) ) ތަޢާރަފު
ކުރެއްވީވެސް އިމާމު އައްރާޒީއެވެ. މީގެ އިތުރުން ސާރޖަރީކުރެވޭނެ އާލާތްތައް
އުފެއްދެވިއެވެ.
މިގޮތުން އެކަލޭގެފާނު ލިޔުއްވި ފާހަގަކޮށްލެވޭބައެއް ފޮތްތައް:-
1- أخلاق الطبيب.
2- الكيمياء وأنها إلى الصحة أقرب.
3- مقالة في اللذة. كتاب طبقات الأبصار.
4- هيئة العالم.
5- الشكوك جالينوس.
6- الفصد والحجامة.
7- الطب الروحاني.
8- المدخل إلى المنطق.
9- إنّ للعبد خالقاً
ފުރިހަމަނަންފުޅަކީ އަބޫ ޢަލީ ޙުސައިން ބުނު ސީނާއެވެ. އެކަލޭގެފާނަކީ ފަލްސަފާއާއި ބޭސްވެރިކަމުގެ ރޮގުން މަޝްހޫރު ޢިލުމުވެރިއެކެވެ. "ޝައިޚުއްރައީސް" އަދި " އަމީރުއްޠިއްބި " އަކީ އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބެކެވެ. ހުޅަގުން އެކަލޭގެފާނަށް ދެއްވާފައިވާ ލަޤަބަކީ "އަބުއްޠިއްބުލް ޙަދީޘް" (ޒަމާނީ މެޑިސިންގެ ބައްޕަ ) އެވެ. އިބުނު ސީނާ ފަލްސަފާ އާއި ބޭސްވެރިކަމުގެ ދާއިރާގެ މައުޟޫތަކަށް 200 އަށްވުރެ ގިނަ ފޮތްތައްވަނީ ލިޔުއްވާފައެވެ. އެންމެ މަޝްހޫރު ފޮތަކީ " القَانُونُ فِي الطِّبّ" އެވެ. އެކަލޭގެފާނަކީ ވިސްނުންތޫނުފުޅު ބޭކަލެކެވެ. ތުއްޕުޅު އިރުގައި ޤުރުއާން ހިތުންދަސްކުރެއްވެވިއެވެ. އަދި ޢުމުރުފުޅުން 10 އަހަރުފުޅުގައި ޢިލްމުގެތެރެއަށް ވަދެވަޑައިގަތެވެ. އެކަލޭގެފާނު ތުއްޕުޅުއިރުގައި މަންޠިޤާއި، ފަލްސަފާއާއި، ބޭސްވެރިކަން އުނގެނިވަޑައިގަތުމަށް ފެއްޓެވިއެވެ.
ބޭސްވެރިކަމާއި ގުޅޭގޮތުން އފޮތްލިޔުއްވައި އެންމެ
ފުރަތަމަ ކެންސަރުގެ ޠަބީއަތާއި ސިކުނޑިއަށް
ޖެހޭ ބަލިތަކާއި ހުޅުހުޅަށް ދިމާވާ މައްސަލަތައް ދެނެގަތެވެ. އަދި އަންހެނުންނަށް
އެކި މަރުޙަލާތަކުގައި ދިމާވާ މައްސަލަތައް ހޯދައި އެކަންކަމަށް ފަރުވާ
ހޯއްދެވިއެވެ.
ޞިއްހީ ރޮނގުން ލިޔުއްވި މަޝްހޫރު ބައެއް ފޮތްތައް:
-
القَانُونُ فِي الطَبِّ.
-
الشِّفَاءُ فِي الفَلسَفَةِ وَالعُلُومِ.
-
النَّجَاةُ فِي المَنْطِقِ وَالاِلَهِيات.
-
الإِشَارَاتُ والتَّنْبِيْهَاتُ.
-
الأَدْوِيَةُ القَلْبِيَّةُ.
-
القَصِيْدَةُ العَيْنِيّة.
އިބުނު ސިނާއި ފަލަކީ ޢިލްމާއި ފިޒިކްސްގެ
ރޮނގުންވެސް ފޮތްލިޔުއްވިއެވެ.
މިރޮނގުން ފާހަގަކޮށްލެވޭ މުހިއްމު
ފޮތްތަކުގެ ތެރޭގައި :
1- رِسَالةٌ فِي الفَضَاءِ
2- رِسَالةٌ فِي الأَجْرَامِ العَلوِيِّة
3- أَسْبَابُ البَرْقِ والرَّعْدِ
4- رِسَالَةٌ فِي إِبْطَالِ أَحْكَامِ النُّجُومِ. ހިމެނެއެވެ.
3- اِبْنُ النَّفِيْس : (1213މ – 1288މ )
ފުރިހަމަ ނަންފުޅަކީ
އަބޫ އަލްޙަސަން ބުނި އަބީ ޙަޒަމް މަޢުރޫފު ބުނި އައްނަފީސްއެވެ.
އެކަލޭގެފާނު ބޭސްވެރިކަމުގެ ދާއިރާއިން
އުނގެނިވަޑައިގަތީ ދިމިޝްގުގައި ހުންނަ
މަޝްފާ نُورُ الدِّين الزَّنكِي އިންނެވެ.
ދެން އެކަލޭގެފާނު ވަޑައިގަތީ މިޞްރަށެވެ. އަދި
ޤާހިރާގައި ހުންނަ މަދުރަސަތުލް މަންޞޫރިއްޔާގައި މަސައްކަތްޕުޅު ކުރައްވަން
ފެއްޓެވިއެވެ. އެކަލޭގެފާނު މަޝްހޫރު
ވެފައިވަނީ ލޭދައުރު ކުރާ ނިޒާމާއި ހިތާއި ގުޅުން ހުރި އެކި ހޯދުންތައް ހޯއްދެއްވި
ބޭފުޅެއްގެ ގޮތުގައެވެ. އެކަލޭގެފާނު ލިޔުއްވި މަޝްހޫރު ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
"
المهذَّبُ في استعمالِ الكحْل" އެވެ.
ޙިސާބު ޢިލްމު އަދި ފަލްސަފާ :
1- مُحَمَّدُ بِنْ مُوْسَي الخَوَارُزُمِيْ
:
ފުރިހަމަ ނަންފުޅަކީ مُحَمَّدُ بِنْ مُوْسَي الخَوَارُزُمِيْ އެވެ. އެކަލޭގެފާނު
މަޝްހޫރުވެވަޑައިގަންނަނީ އެތައްބައިވަރު ޢިލްމަކަށް މަޝްހޫރު ޢިލްމުވެރިއެއްގެ
ގޮތުގައެވެ. މިގޮތުން ފަލަކީ ޢިލްމާއި، އަލްޖަބްރާއި، ހިސާބާއި، ހަންދަސާ ފަދަ
ޢިލްމުތައް ހިމެނެއެވެ. އެކަލޭގެފާނު ބޮޑަށް އިސްކަންދެއްވާފައިވަނީ ހިސާބުގެ
ޢިލްމަށެވެ. އެކަލޭގެފާނު ހިސާބު ޢަދަދު ޔޫރަޕައް ނަޤުލު ކުރެއްވަވާ ހިޞާބު ޢިލްމު
ތަރައްޤީކުރެއްވިއެވެ.
2- الفَارَابِيْ: އަލްފާރާބީ : (259މ –
950މ )
ފުރިހަމަ ނަންފުޅަކީ އަބޫ ނަޞްރު މުޙައްމަދު ބުނު
އަލްފަރުޚު އަލްފާރާބީއެވެ. ފުރަތަމަ ކިޔަވާވިދާޅުވީ ފާރާބުގައި
ހުންނަވައިގެންނެވެ. އެއަށްފަހު ބަޣުދާދަށް ވަޑައިގެން ބޭސްވެރިކަމާއި، ހިސާބުގެ
ޢިލްމާއި، ފަލްސަފާގެ ޢިލްމާއި، މިއުޒިކާއި، އިޖުތިމާޢީ ޢިލްމާއި ، ނަފުސާނީ
ޢިލްމުގެ ރޮގުން އުނގެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ
އުރުސްޠޯޠާލިސް އަށްފަހު ފިލޯސަފަރެއްގެ ލަޤަބު ދެއްވެވި ދެވަނަބޭފުޅާއެވެ. މިކަލޭގެފާނު މަންޠިޤު ޢިލްމު ދެބަޔަކަށް ބައްސަވާ ލެއްވިއެވެ. އެއްބަޔަކީ قِسْمُ التَّخَيُّلِ ދެވަނަ ބަޔަކީ قِسْمُ الثُّبُوتِ އެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން ޢަރަބިބަސް އުނގެނިވަޑައިގެން
އެތާ ހުންނަވައި ގިނަ ޢަދަދެއްގެ ފޮތްލިޔުއްވެވިއެވެ. މިގޮތުން އެންމެ
ފާހަގަކޮށްލެވޭ ފޮތަކީ " آرَاءُ المَدِينَةِ الفَاضِلَةِ " އެވެ.
ފާރާބީ ވަނީ ތަފާތު ރޮގުތަކުން ގިނަ ފޮތްތަކެއްވަނީ ލިޔުއްވާފައެވެ. މިގޮތުންބޭސްވެރިކަމާއި، މިއުޒިކާއި އަދި އިޖުތިމާޢީ ޢިލްމުގެ ރޮގުން 17 ފޮތް ވަނީ ލިޔއްވާފައެވެ. މަންޠިގީ ޢިލްމުގެ 43 ފޮތާއި ޠަބީއަތާއި ބެހޭ 11 ފޮތަކާއި އަޚުލާގާއި ޢިލްމާއި ސިޔާތާއި ގުޅޭ 14 ފޮތް ލިޔުއްވާފައިވެއެވެ.
3- އަލްކިންދީ
: (800މ – 873މ )
ކިންދީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޔޫސުފު ޔައުޤޫބު
އަލްޤަޙުޠާނީއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ކޫފާގައެވެ. އަވާރަވިއިރު ހުންނެވީ ބަޣްދާދުގައެވެ. އެކަލޭގެފާނަކީ
ޖޯގުރަފީއާއި، މަންތިޤަށާއި، ކެމިސްޓްރީއަށާއި، މެޑިސިންއަށާއި، ފަލްސަފާ
ޢިލުމުގައި މަޝްހޫރުބޭކަލެކެވެ. އެކަލޭގެފާނަށް ދެވިފައިވާ ލަޤަބަކީ
"ފައިލަސޫފުލްޢަރަބު"އެވެ. .
އެކަލޭގެފާނު
ވަނީ ތަފާތު އެކި ދާއިރާތަކުން 270
ފޮތްލިޔއްވާފައެވެ. އޭގެތެރޭގައި ހަންދަސާގެ ( އިންޖިނިއަރިންގް) ގެ ރޮގުން 30 ފޮތާއި،
10 އަށްވުރެ ގިނަ ހިސާބު ފޮތާއި، ބޭސްވެރިކަމުގެ 12 ފޮތާއި މިޢުޒިކާއި ބެހޭ 7
ފޮތާއި، ފަލްސަފާއާއި މަންތިޤުން 36 ފޮތް
ވަނީ ލިޔުއްވާފައެވެ.
ލިޔުއްވާފައިވާ މަޝްހޫރު ބައެއް ފޮތްތަކުގެ ނަންތައް :
رسالة في استعمال
الحساب الهندي.
رسالة دار التنجيم.
رسالة في العطر وأنواعه.
تلوين الزجاج.
الأدوية المركبة.
الرسالة الكبرى في
التأليف.
صناعة بطليموس الفلكية.
رسالة في تعريب النغم.
كتاب المدخل إلى الموسيقى.
كتاب في تناهي جرم
العالم.
ظاهريات الفلك.
كتاب في العالم الأقصى.
إلهيات أرسطو.
މުޙައްމަދު މަންޞޫރު އާދަމް